twitterviber whatsapp telegramfacebookyoutube instagram
13th August 2026

އުތުރުގެ 3 އަތޮޅުގެ ކުނި ނައްތާލާ މަރުކަޒީ ރަށެއް ކަނޑައަޅަނީ

Nov 11, 2015

ރާއްޖޭގެ އުތުރުގެ 3 އަތޮޅަށް ހާއްސަކޮށް ކުނި ނައްތާލުމަށް މަރުކަޒީ ރަށެއް ކަނޑައަޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފި އެވެ.

އެމިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅަށް ހާއްސަކޮށްގެން ގާއިމްކުރާ ސަރަހައްދީ ކުނި ނައްތާލާ ނިޒާމުގެ ދަށުން، ކުނި ނައްތާލާ މަރުކަޒީ ރަށެއް ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުނި ނައްތާލާ ސަރަހައްދީ މަރުކަޒު ގާއިމުކުރުމަށް ހަދަންޖެހޭ “ޓެކްނިކަލް އަދި ފައިނޭންޝަލް ފީޒިބިލިޓީ ސްޓަޑީ” ގެ ކޮންސަލްޓެންސީ މަސައްކަތް ކުރުމަށް ބަޔަކު ހޯދަމުން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ހއ ހދ އަދި ށ އަތޮޅުގައި ކުރިއަށްގެންދާ ކުނި ނައްތާލުމުގެ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކަށް ވާއިރު މި 3 އަތޮޅު ހިމެނޭ ޒޯން އެކެއްގެ ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ ދަށުން ސަރަހައްދީ މަރުކަޒު ގާއިމުކުރުމަށް މިއަހަރުގެ ބަޖެޓްގައި ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިިނިސްޓްރީން މައުލޫމާތުދެއެވެ.

ވޯލްޑް ބޭންކުގެ އެހީގައި މިހާރު ނ، ރ، ބ އަދި ޅ އަތޮޅުގައި ދަނީ މިމަސައްކަތް ކުރެވެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355