2016 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ތަފްސީލުތައް ދައްކާ ގޮތުން ކުޅުދުއްފުށީގައި ޖުމްލަ އަށާރަ މަޝްރޫއެއް ހިންގާނެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރު އަމަލީ މަސައްކަތް ފަށާ 12 މަޝްރޫއެއްގެ އިތުރުން މުޅި އަލަށް ފަށާ 5 މަޝްރޫއު އެއް ހިމެނެ އެވެ.
މި މަޝްރޫއުތަކަށް ޖުމްލަ 97366015 ރުފިޔާ (ނުވަދިހަ ހަތް މިލިއަން ތިން ލައްކަ ފަސްދޮޅަސް ހަހާސް ފަނަރަ ރުފިޔާ) ބަޖެޓްގައި ހިމަނާފައިވެ އެވެ.
އަންނަ އަހަރު މުޅި އަލަށް ފެށުމަށް ބަޖެޓްގައި ހިމެނި މަޝްރޫއުތައް
ކުޅުދުއްފުށީ ކެމްޕަހުގައި އޮޑިޓޯރިއަމެއް ހެދުން
ކުޅުދުއްފުށީ ކެމްޕަހުގެ 3 ބުރީގެ އާ އިމާރާތްގެ މަސައްކަތް
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގައި ހަދާ 2 ބަށި ކޯޓާއި އިންޑޯ ކޮމްޕްލެކްސްގެ މަޝްރޫއު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އިމާރާތްކުރާ އެކޮމޮޑޭޝަން ބުލޮކް
ދަމަނަވެށި އިމާރާތްކުރުން
މިއަހަރުގެ ބަޖެޓްގައިވެސް ހިމެނި ނަމަވެސް އަމަލީ މަސައްކަތް ނުފެށި ހުރި 17 މަޝްރޫއުއެއް އަންނަ އަހަރުގެ ވެސް ބަޖެޓްގައި ހިމަނާފަވެ އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ހިމަނާލާނަމެވެ.
ކުޅުދުއްފުށީ މަގުބައްތި ޖެހުމާއި ކަރަންޓް ފޯރުކޮށްދިނުން
ކުޅުދުއްފުށީ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު
ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ މަސައްކަތް
ކުޅުދުއްފުށީ މަގުތައް ހެދުމުގެ މަޝްރޫއު
ކުޅުދުއްފުށީ އަމީނީމަގު ހެދުމުގެ މަޝްރޫއު
ކަސްޓަމްސް ނޯތު ރީޖަން ހެޑް އޮފީސް އިމާރާތް
ވެލިގަނޑު ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫއު
އެމިގްރޭޝަން ނޯތް ރީޖަން ހެޑް އޮފީހުގެ އިމާރާތް
ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއު/ ކުނި ނައްތާލުމުގެ މަޝްރޫއު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެކްސްޓެންޝަންގެ 3 ބުރީގެ އާ އިމާރާތް
މިހާރުވެސް ކުރިއަށްދާ މަޝްރޫއުތަކަށް ބަލާއިރު ފެން ހިންދާ ނިޒާމްގެ މަސައްކަތާއި އަފީފުއްދީން ސްކޫލްގެ އާ އިމާރާތްގެ މަޝްރޫއު އާއި ސްޕޯޓް އެރީނާ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ ބާސްކެޓް ކޯޓްގެ މަސައްކަތް ހިމެނެ އެވެ.
މިއަހަރަށް ނިމުނު މަޝްރޫއުތަކަކީ މެޓާނިޓީ ވެއިޓިންގ ހޯމްގެ މަސައްކަތާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އާ ހޯލްގެ މަސައްކަތާއި ސްޕޯޓް އެރީނާ ޕްރޮޖެކްޓްގެ ދަށުން ހެދު ޓާރފް ދަނޑެވެ.