twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހދ ނޭކުރަންދޫގައި ޖަލު އެޅުމަށް 48 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފި

Nov 12, 2015

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް މިއަދު ހުށަހެޅި 2016 ވަނަ އަހަރުގެ ބަޖެޓްގައި ހދ ނޭކުރަންދޫގައި އަޅަން ނިންމާފައިވާ ޖަލުގެ އިމާރާތް ބަޖެޓްގައި ހިމަނައިފި އެވެ.

ނޭކުރަންދޫގައި އަޅަން ހަމަޖެހިފައިވަނީ 300 މީހުންގެ ޖަލެކެވެ. އެ ޖަލު އެޅުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފަވަނީ 48،117،242 ( ސާޅީސް އަށް މިލިއަން އެއްލައްކަ ސަތާރަ ހާސް ދުއިސައްތަ ސާޅީސް ދެ ރުފިޔާ އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ދެޖަލު އެޅުމަށް ސަރުކާރުން ނިންމާ އުތުރުގެ ޖަލު އަޅާނެ ރަށެއްކަމުގައި ހދ. ނޭކުރެންދޫ ހަމަޖެއްސީ 2010 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އެވެ. އެހެން ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ މަސައްކަތް ފެށޭގޮތް ވަނީ ނުވެފަ އެވެ.

ކުރިޔަަށް އޮތް ހަމަސް ދުވަސް ތެރޭގައި ހދ. ނޭކުރެންދޫގައި ލުއި ޖަލެއް ހަދައި ޕްރައިވެޓް ހިންގަން ކުންފުނިތަކަށް ހަވާލުކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ މިދިޔަ ސެޕްޓެމްބަރުމަހު ވިދާޅުވެފަ އެވެ.

ޖަލު އެޅުމަށް ބަޖެޓްގައި ހިމަނާފައިވާއިރު ޖަލުއެޅުމަށް ނޭކުރެންދޫއިން ވަނީ 21 ހެކްޓަރގެ ސަރަހައްދެއް ސާފުކޮށްފަ އެވެ. ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ވަރަށް ފަހު ނޭކުރަންދޫއަށް ވަޑައިގެން ޖަލު އަޅައި ސަރަހައްދު ބައްލަވައިލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355