twitterviber whatsapp telegramfacebookyoutube instagram
18th May 2024

ތިލަ ދެކުނު ޝަރަފުވެރި ކަމުގެ އިނާމު 64 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ

Nov 15, 2015

ހދ އަތޮޅު ކައުންސިލުން ހުޅުވާލި ތިލަ ދެކުނު ޝަރަފުވެރި ކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު މިދިޔަ ސެޕްޓެމްބަރ މަހު ހަމަވެފައިވާއިރު މި އިނާމަށް 6 ދާއިރަކުން 64 ބޭފުޅަކަށް އިނާމް ލިބިވަޑައި ގަންނަވާނެ ކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ ޖުމަލް 64 ބޭފުޅަކަށް މި އިނާމް ލިބިވަޑައިގަންނަވާއިރު އޭގެތެރެއިން 7 ބޭފުޅުންނަކީ ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ.

ނަން ހުށައަޅާ ފައިވާ ދާއިރާ ތަކަކީ ތައުލީތީ ދާއިރާ، އުފެއްދުންތެރި ކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، އިޖްތިމާއީ ދާއިރާ އަދި އާރޓް އެންޑް ކްރާޕްޓް ކަމަށާއި އޭގެ ތެރެއިން އާރޓް އެންޑް ކްރާފްޓް ވަނީ 2 ބަޔަކަށް ބަހާލެވިފަކަމަށް އިބްރާހިމް ރަޝީދު ވަނީ ވިދާޅުވި އެވެ.

މި އިނާމުގެ މަގްސަދަކީ ހދ.އަތޮޅަށް ޝަރަފުވެރި ވަނަތަކާއި މަޤާމުތައް ހޯދައި ފަރާތްތަކަށާއި ތަފާތު ދާއިރާތަކުން ހދ އަތޮޅަށް ފާހަގަކުރެވޭ ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތައް ފާހަގަކުރުމަށާއި އަދި ހދ.އަތޮޅު ސްކޫލްތަކުގައި ކިޔަވައި ދަރިވަރުން ސްކޫލް ދައުރުގައި ތައުލީމީ ރޮނގުން ހޯދައި ކާމިޔާބީތައް ފާހަގަކޮށް މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށާއި އެ ދަރިވަރުންނަށް އެހީތެރިވި އެދުރުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ތައާރަފް ކުރި އިނާމެއްކަމަށް އަތޮޅު ކައުންސިލުން މައުލޫމަތު ދެއެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 20 ވާ ހުކުރުދުވަހުގެ ރޭ އަފީފުއްދީން ސްކޫލް ހޯލުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355