twitterviber whatsapp telegramfacebookyoutube instagram
13th August 2026

ބޮޑެތި ބަދަލުތަކާ އެކު ބަހާދަރު ބޯޓްގެ ދަތުރުތައް މިމަހު 28 ފަށަނީ

Nov 16, 2015

ބޮޑެތި ބަދަލުތަކެއް ގެނެސް މިތުރު ކޮމްޕެނީގެ ބަހާދަރު ބޯޓްގެ ދަތުރުތައް މިމަހު 28 ފަށަން ހަމަޖައްސައިފި އެވެ.

ބަހާދަރު ބޯޓް މަރާމާތުކުރުމަށް ފަހު ތިލަފުށީ ޑޮކުން ބަލާފައިވަނީ މިއަދު އެވެ. ބަހާދަރު ބޯޓަށް ގެނެވުނު އެންމެ ފާހަގަކޮށްލެއްވޭ ބަދަލަކީ 3 އިންޖީން އެޅުމެވެ. ކުރިން 829 ހޯސްޕަވަރުގެ އެއް އިންޖީން އަޅައިގެން ދުއްވި ބަހާދަރުގައި 400 ހޯސްޕަވަރުގެ މިޓްޝުބްސީގެ އިތުރު 2 އިންޖީން އަޅާފައިވެ އެވެ.

ބޯޓަށް ގެނެވުނު މި ބޮޑު ބަދަލާ އެކު ބޯޓްގެ ދުވެލި ވަނީ އަވަސްވެގެން ގޮސްފަ އެވެ. އެގޮތުން މިހާރު ގަޑިއަކު 15 މޭލަށް ބޯޓް ދުވާއިރު ކުޅުދުއްފުށިން ފުރައިގެން މާލެއަށް 10 ގަޑިއިރުން ޖައްސައިލާނެ އެވެ.

ބޯޓަށް ވަނީ އިތުރު ބަދަލުތަކެއް ވެސް ގެނެސްފައި އެވެ. މުޅި ބޯޓް ގާގަނޑަކަށްހެން ވަނީ ރެނޮވޭޓް ކުރެވިފަ އެވެ. އެގޮތުން ބޯޓްގެ ހުރީހާ ކެބިންތަކެއް ވެސް ވަނީ އެއަރކޯން ކުރެވިފަ އެވެ. މި ބޮޑު ބަދަލާއެކު ޓިކެޓް އަގު ވަނީ 425 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ބަހާދަރު ބޯޓްގެ ޝެޑިއުލް މިމަހު 11 ގައި ނެރެފައިވާއިރު ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ. ބަހާދަރު ބޯޓްގެ ޓިކެޓް ބޭނުންވާ ފަރާތްތައް 6527722 ނުވަތަ 7907722 އަށް ގުޅުވުމުން މައުލޫމާތު ލިބިގެންދާނެ ކަމަށް މިތުރު ޓްރާސްޕޯޓުން މައުލޫމާތު ދެ އެވެ. އަދި ޝެޑިއުލް ބޭނުންވާ ފަރާތްތަކުން 7707722 އަށް ހުސް މެސެޖެއް ކުރެވުމުން  ޝެޑިއުލް ލިބިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355