twitterviber whatsapp telegramfacebookyoutube instagram
12th September 2026

ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައް ހިލޭ ކިޔަވައިދިނުމަށް އެވިޑް ކޮލެޖުން ނިންމައިފި

Nov 17, 2015

2016 ވަނަ އަހަރު އެވިޑް ކޮލެޖުގައި ފަށާ ސެޓްފިކެޓް ލެވެލް 3ގެ ހުރިހާ ކޯސްތަކެއް ހިލޭ ކިޔަވައިދޭ ގޮތައް އެ ކޮލެޖުން ނިންމައިފިއެވެ.

އެކޮލެޖުން މިހެން ނިންމާފައިވަނީ އެ ކޮލެޖުގެ ތައުލީމް ފޯރުކޮށްދިނުމުގައި އެއްވެސް މެދު ކެނޑުމެއް ނެތި 10 އަަހަރު ފުުރުމުގެ މުނާސަބާތުގައި ކަމަށް އެ ކޮލެޖުން ބުނެއެވެ.

އެގޮތުން 2016 ވަނަ އަހަރު ފެށޭ ސެޓްފިކެޓް ލެވެލް 3ގެ ހުރިހާ ކޯސްތަކަށް ވަނުމަށް އެންމެ ފުރަތަމަ ފޯރމު ހުށައަޅާ 150 ދަރިވަރުންނަށް މުޅި ކޯސް ހިލޭ ހެދޭނެ ކަމަށް އެ ކޮލެޖުގެ ޗެއަރމަން އަބްދުއްﷲ މުސްތާގު ރަޝާދު އިއްޔެ ބޭއްވި ޕްރެސް ކޮންފަރަސްގައި ވިދާޅުވެިއެވެ.

މީގެ އިތުރުން ކޮލެޖުގައި ހިންގާ އެހެނިހެން ކޯސްތަކަށް 2016 ޖެނުއަރީ އިންޓޭކަށް ފޯމު ހުށައަޅާ ކޮންމެ ދަރިވަރަކަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެކޮލެޖުން ބުނެއެވެ.

އެވިޑް ކޮލެޖުގައި 2016 ވަނަ އަހަރު ޖެނުއަރީ މަހު ފަށާ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަަކަކީ އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ، ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި މެނޭޖްމަންޓް ކޯހެވެ.

އެވިޑް ކޮލެޖުގައި ކިޔަވައިދޭ ހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ކުރާ ފެންވަރުގެ ކޯސްތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293