twitterviber whatsapp telegramfacebookyoutube instagram
18th May 2024

ނޮޅިވަރަމް ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ދުމްޔާ

Nov 17, 2015

– ހދ ނޮޅިވަރަމުން ހަދީޖާ އާދަމް –

ނޮޅިވަރަމް ސްކޫލްގެ ވޭތުވެދިޔަ އަހަރު ސާނަވީ އިމްތިހާނުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ދުމްޔާ މުނީޒް މަގުސީދާގެ ހދ ނޮޅުވަރަމް ހޯދައިފި އެވެ.

ދުމްޔާ ވަނީ 7 މާއްދާއިން އޭ ހޯދާފަ އެވެ. އެއީ އިގްލިޝް، މެރިން ސައިންސް، ބައޮލަޖީ، ޕިޒިކްސް، ކެމިސްޓްރީ، ހިސާބު އަދި އިސްލާމް އެވެ. އަދި ނެޝަނަލް ޓޮޕް 10 ގެ ދެވަނަގައި ހިމެނިފައިވެ އެވެ.

އޭގެ އިތުރުން ވޭތުވެ ދިޔަ އަހަރު ނޮޅިވަރަމް ސްކޫލްގެ ޓޮޕް ޓެންްއަށް ހޮވުނު ދަރިވަރުންނަށް ވެސް ވަނީ އިނާމް ހަވާލްކޮށްފަ އެވެ. 2014 ވަނަ އަހަރު ސްކޫލް ޓޮޕް 10 އަށްހޮވިފައިވަނީ:

ދުންޔާ މުނީޒް

ސަރޫނާ މުހައްމަދު

ސެރިން ސާޖޫ

ސައްމާން މުހައްމަދު

ފާތިމަތު ސީނިޔާ

ހަދީޖާ ސުލައިމާން

އަންވަރު އާދަމް

ނާއިމަތު އަބްދުލްހަމީދު

އަލީ ޒާހިރު

މުހައްމަދު ޝާހިދު

މިރޭ ނޮޅިވަރަމް ސްކޫލުގައި ބޭއްވި މިރަސްމިއްޔަތުގައި ވަހަކަ ދައްކަވަމުން ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އަދުނާން އަލީ ވިދާޅުވީ 2014 ވަނަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި އެގޮތުން މިދިޔަ އަހަރު ޖީސީއީ އޯލެވެލްއިން 5 މައްދާއިން ފާސްވި ނިސްބަތް 2013 ވަނަ އަހަރާއި ބަލާފައި 36 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށެވެ.

ނޮޅިވަރަމް ސްކޫލު ގަދަ 10 ދަރިވަރުން–ފޮޓޯ: ވާހިދު

އޭގެ އިތުރުން އަދުނާން ވިދާޅުވީ ކުރިއަށް އަހަރު މިދަރިވަރުންނަށް ހާއްސަކޮށްގެން 3 ކްލާސް ރޫމާއި ފާހާނަ ބަރީގެ މަސައްކަތް މިހާރި ފެށިފައިވާ ކަމަށް. އަދި މިސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެވުމަށް ނޮޅިވަރަމް ކައުންސިލްގެ ފަރާތުން އަދުނާން އެދުނެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފް ވިދާޅުވީ ހދ އަތޮޅަކީ އާބާދީގެ ގޮތުން ބޮޑު އެންހެން ނަމަވެސް ސިޔާސީގޮތުން ވަރަށް ދެރަ އަތޮޅެއް ކަމަށެވެ. މި އަތޮޅަށް ބޭނުން ވެފައިވަނީ އިލްމީ އަތުލީމީ ޒުވާނުން ކަމަށާއި އަދި ކޮންމެ ދަރިވަރަކުވެސް އަޒުމް ކަނޑައަޅަންވީ ކިޔަވައިގެން އަތޮޅާއި ރަށަށް ހިދުމަތް ކުރުމަށް ކަމަށް ޝަގީފް ވިދާޅުވި އެވެ.

މި ރަސްމިއްޔަތުގައި ޖުމްލަ 49 ދަރިވަރަކު ވަނީ އިނާމް ހާސިލްކޮށްފަ އެވެ. އަދި  ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ނޮޅިވަރަމް ކައުންސިލްގެ މެންބަރު މަރިޔަމް ހަބީބް، އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާގެ ދެ މެންބަރުން ކަމަށްވާ ހުސެއިން ހަސަން އަދި އަހުމަދު އިބްރާހިމާއި ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފް އެވެ.

ނޮޅިވަރަމް ސްކޫލް 2014 ވަނަ އަހަރު އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ފޮޓޯ އަލްބަމް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355