twitterviber whatsapp telegramfacebookyoutube instagram
17th May 2025

އިލްމީ ޖީލެއް އަތޮޅުގެ ހުރިހާ ދާއިރާއަކަށް ވަނީ ބޭނުންވެފަ: ޝަގީފް

Nov 17, 2015

ހދ އަތޮޅުގެ ހުރިހާ ދާއިރާއަކަށް އިލްމީ ޖީލެއް ބޭނުންވެފައިވާ ކަމަށް ހދ އަތޮޅު ކައުންސިލް ރައީސް ހުސެއިން ޝަޤީފް ވިދާޅުވެއްޖެ އެވެ.

ނޮޅިވަރަމް ސްކޫލްގެ ވޭތުވެދިޔަ އަހަރުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޝަޤީފް ވިދާޅުވީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ހދ އަތޮޅު މިވަނީ އިލްމީ ޖީލެއް ބޭނުންވެފަކަމަށެވެ.

އާބާދީގެ ގޮތުން އެންމެ ބޮޑު އަތޮޅު ނަމަވެސް ހދ އަތޮޅަކީ ސިޔާސީ ގޮތުން ނިކަމެތި އަތޮޅެކެވެ. ސަރުކާރުގެ މަތީ ފަންތީގައި ސިޔާސަތު އެކުލަވާލައި ހިސާބުގައި ހދ އަތޮޅުގެ ދަރިން މަދު ކަމަކީ މިކަމުގެ ހެއްކެއް ކަމަށް ޝަޤީފް ވިދާޅުވި އެވެ.

އެހެން ކަމުން ކޮންމެ ފަރުދަކުވެސް އަޒުމަކަށް ވާންވާނީ އަތޮޅަށާއި ރަށަށް ހިދުމަތް ކޮށް ސިޔާސީ ގޮތުން ބާރުވެރި އަތޮޅަކަށް ހެދުން ކަމަށް ޝަޤީފް ވިދާޅުވި އެވެ.

ޝަޤީފް ވިދާޅުވީ ހދ އަތޮޅު ކައުންސިލް އަދި ސަރުކާރުގެ އަމާޒަކީވެސް ކޮންމެ ދަރިވަރަކީ ވެސް ކާމިޔާބު ދަރިވަރަކަށް ހެދުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355