twitterviber whatsapp telegramfacebookyoutube instagram
18th May 2024

އަންނަ އަހަރު ކުޅުދުއްފުށީގައި އަރަބި މީޑިއަމަށް ކިޔައިވައިދޭން ފަށާނެ: މިނިސްޓަރ

Nov 17, 2015

އަންނަ ދިރާސީ އަހަރު ފެށޭއިރު ކުޅުދުއްފުށީގައި އަރަބި މިޑިއަމްއަށް ކިޔަވައިދޭން ސްކޫލެއް ގާއިމްކޮށް އަރަބި މީޑިއަމް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާއިން ވޭތުވެދިޔަ ދެ އަހަރު ކުރެވުނު ކަންތައްތައް ހާމަކުރުމަށް ޓީވީއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަރަބި މީޑިއަމް އަށް ކިޔަވައި ދެވެމުން ދިޔައީ އަރަބިއްޔާ ސްކޫލްގައި ކަމަށްވީ ނަމަވެސް އެކަން ބަދަލުކޮށް، ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބި މީޑިއަމްއަށް ކިޔަވައިދޭ އިތުރު ދެ ސްކޫލް ގާއިމްކުރުމަށް މެނިފެސްޓޯގައި ނިންމާފައިވާކަމަށެވެ.

އަންނަ އަހަރު ކުޅުދުއްފުށީގައި އަރަބި މީޑިއަމަށް ކިޔަވައިދޭން ހަމަޖައްސާފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދެކުނުގައި ގާއިމް ކުރަން ކަނޑައެޅުނު އަރަބި މީޑިއަމް ސްކޫލްގެ ގޮތުގައި މިއަހަރު އައްޑޫ ނޫރާނީ ސްކޫލްގެ ގްރޭޑް އެކެއްގައި ކިޔަވާ 32 ދަރިވަރުންނަށް އަރަބި މީޑިއަމަށް ކިޔަވައިދޭން ފެށިފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތްތާގައި އަރަބި މީޑިއަމްއަށް ކިޔަވައިދިނުމަށް އިތުރު ސްކޫލްތައް ގާއިމްކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަރަބި ބަސް ކިޔަވައިދިނުމަށް ފެށި މަސައްކަތުގެ ދަށުން މިހާތަނަސް މާލޭގެ ހަތް ސްކޫލަކާއި އަތޮޅުތެރޭގެ 41 ސްކޫލެއްގައި އަރަބި ބަސް ކިޔަވައިދޭން ފެށިފައިވާ ކަމަށެވެ. އަދި ކުއްލިއަކަށް އެކަން ފެށުމުން އެކަން ކުރިއަށް ގެންދިއުމަށް ހުރަހަކަށްވެފައިވަނީ ޓީޗަރުން ނުލިބުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ އެކަމަށް ބޭނުންވާ ޓީޗަރުން އުފެއްދުން ކަމަށެވެ. އެގޮތުން އަރަބި އިސްލާމް އަދި ޤުރުއާން މާއްދާ ތަކަށް 5000 ޓީޗަރުން ތަމްރީން ކުރުމަށް ހަވާލުކުރެވިފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355