twitterviber whatsapp telegramfacebookyoutube instagram
18th May 2024

ރައީސްގެ ވައުދާ އެއްގޮތަށް ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ކައުންސިލުން އެދެފި

Nov 17, 2015

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ކުޅުދުއްފުށީ ރައްޔިތުންނަށް ވެފައިވާ އެއާޕޯޓްގެ ވައުދާ އެގޮތަށް ވީހާވެސް އަވަހަކަށް އެއާޕޯޓެއް އަޅުވައްވައިދެއްވުމަށް ކައުންސިލުން ސަރުކާރުގައި އެދެފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގައި ތިއްބަވައި 7 މެމްބަރުން ސޮއިކުރައްވާ މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ޤާއިމްކުރުމަކީ ސަރުކާރުގެ ވައުދެއްކަމަށާއި އެވައުދު 2 އަހަރު ދުވަހުގެތެރޭގައި ހަޤީގަތަކަށް ހައްދަވައި ދެއްވާނެކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ވައުދުވެ ވަޑައިގެންފައިކަމަށެވެ. ނަމަވެސް މި ވެރިކަމަށް 2 އަހަރު ފުރިހަމަވެގެން ދިޔައިރުވެސް އެއާޕޯޓް އަޅާ ސަރަހައްދުގައިވާ ގެ ތަކުގެ ތަފްސީލް ނެގުން ފިޔަވައި އެއްވެސްކަމެއް ކޮށްފައިނުވާކަން ހިތާމަޔާއެކު ފާހަގަކުރާކަމަށް އެބަޔާނުގައިވެ އެވެ.

ސަރުކާރުން ކުޅުދުއްފުށީގައި ހިންގުމަށް ރާވާފައިވާ އެއްވެސް މަޝްރޫއަކަށް އެކައުންސިލުން އެއްބާރުލުން ނުދީ ނޯންނާނެކަމަށް ބަޔާނުގަވެ އެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް 4 ނޮވެމްބަރ 2014 އަދި 9 ނޮވެމްބަރ 2014 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބު ދެއްވާފައި ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުޅުދުއްފުށީގައި ވީހާވެސް އަވަހަކަށް އެއާޕޯޓެއް އަޅުވައިދެއްވުމަކީ ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށާއި އަދި ސަރުކާރުން ކުޅުދުއްފުށީގައި ހިންގެވުމަށް ނިންމަވާ ކޮންމެ ޕްރޮޖެކްޓަކަށް އެކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

2016 ވަނަ އަހަރުގެ ބަޖެޓްގައިވެސް ކުޅުދުއްފުށީ އެއާޕޯޓްގެ ބަޖެޓް ހިމަނާފައި ނުވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ

ކުޅުދުއްފުށީ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ހަތަރު ކައުންސިލަރަކާއި ޕީޕީއެމާއި ޖޭޕީ އަދި މިނިވަން ކައުންސިލަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355