twitterviber whatsapp telegramfacebookyoutube instagram
17th May 2025

ކުޅުދުއްފުށީ ގެއެއްގައި އަލިފާން ރޯވެ ދެ މީހަކަށް އަނިޔާވެއްޖެ

Nov 18, 2015

ކުޅުދުއްފުށީ ގެއެއް ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ. އަލިފާން ރޯވެފައިވަނީ ނިކަމާގޭގައި އެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ 7 އަހަރުގެ ކުޑަ ކުއްޖަކަށާއި  ފިރިހެނަކަށެވެ.

އެ ހާދިސާގައި އަނިޔާވީ މީހުން އެސަރަހައްދުގައި ތިބި އާއްމުންގެ އެހީތެރިކަމާ އެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައި އެވެ.

އަނިޔާވި ކުޑަ ކުއްޖާގެ ބުރަކަށި ފިހުނުކަމަށާއި ދުމުގެ އަސަރު ކުރުމުގެ ސަބަބުން އެކުއްޖާއަށް ނޭވާ ލުމުގައި ދަތިތައް ކުރިމަތި ވި ކަމަށް ހޮސްޕީޓަލުން ބުންޏެވެ.

މީގެ އިތުރުން އަނިޔާވި ބޮޑު މީހާއަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބި ދުމުގެ އަސަރު ކޮށްފައިއެވެ.

ރޭ ގާތްގަނޑަކަށް ފަތިހު 04:45 ހާއިރު ހިނގި މިހާދިސާގައި އެ ގޭގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައިއެވެ.

ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ 05:50 ހާއިރު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގައި މަސައްކަތްކުރާ ސިފައިން އެވެ.

މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު އަންނަނީ ތަހުޤީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355