twitterviber whatsapp telegramfacebookyoutube instagram
18th May 2024

އަފީފުއްދީން އަދި ޖަލާލުއްދީން ސްކޫލުގެ ސާނަވީ ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި

Nov 18, 2015

ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ ސާނަވީ ނިންމި ދަރިވަރުންގެ ދަސްވެނިވުން ރޭ ބާއްވައިފި އެވެ.

އަފީފުއްދީން ސްކޫލުގެ ދަރިވަރުންގެ ދަސްވެނިވުން ބާއްވާފައިވަނީ އެސްކޫލުގެ ހޯލްގައި އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާތިފް ވިދާޅުވީ ދަރިވަރުންގެ ތައުލީމީ ހަޔާތް އަދި އޮތީ ކުރިއަށް ކަމަށާއި ސްކޫލުން ކިޔެވި އެއްޗެއް ބޭނުންހިފާ އެއިން މުޖުތަމައުއަށް ފައިދާއެއް ހޯދައިދޭ ބައެއް ކަމަށެވެ

އަފީފުއްދީން ސްކޫލުގައި ބެއްވި ދަސްވެނިވުމުގެ ތެރެއިން–ފޮޓޯ: ވާހިދު

ދަރިވަރުންނަން ޝޭޝް އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މި ހަފުލާތަކުގެ ޝަރަފުވެރި މެހެމާނުންނެވެ. ރޭ އަފީފުއްދީން ސްކޫލުގެ 42 ދަރިވަރަކު ވަނީ ދަސްވެނިވިކަމުގެ ލިޔުން ހޯދަފަ އެވެ.

ރޭ ޖަލާލުއްދީން ސްކޫލުގައި ބޭއްވި ދަސްވެނިވުމުގެ ތެރެއިން–ފޮޓޯ: ސްނެޕްސް

ޖަލާލުއްދީން ސްކޫލްގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވާފައިވަނީ އެ ސްކޫލް ހޯލްގައި އެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދަރިވަރުންނަށް ޝޭޝް އާއި ސެޓްފިކެޓް ހަވާލުކޮށްދިނީ ގައުމީ ޔުނިވަރސިޓިގެ އެސޯސިއޭޓް ލެކްޗަރާ މޫސާ މާހިރެވެ.

ޖަލާލުއްދީން ސްކޫލުގެ 58 ދަރިވަރަކު ވަނީ ދަސްވެނިވިކަމުގެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

ޖަލާލުއްދީން ސްކޫލުގައި ބޭއްވި ދަސްވެރިވުމުގެ ތެރެއިން–ފޮޓޯ: ސްނެޕްސް

ދެ ސްކޫލުގައި ވަކިވަކި ކުރިއަށް ގެންދިޔަ މި ދަސްވެނިވިކަމުގެ ރަސްމިއްޔާތުގައި އެސްކޫލުތަކުގެ އިސްވެރިންނާ ޓީޗަރުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355