twitterviber whatsapp telegramfacebookyoutube instagram
18th May 2024

ދިރާގުން ސްމާޓް ޓީޗީންގް ސޮލިއުޝަން ގައުމީ ޔުނިވާސިޓީގައި ގާއިމްކޮށްފި

Nov 19, 2015

ދިރާގުން ސްމާޓް ޓީޗީންގް ސޮލިއުޝަން ހިދުމަތް ގައުމީ ޔުނިވާސިޓީގައި ގާއިމްކޮށްފި އެވެ.

މި ހިދުމަތަކީ އެމް.އެން.ޔޫ ގެ ކޮންމެ ކެމްޕަހެއްގައިވެސް ހުރެގެން ޔުނިވާސިޓީގެ އެހެން އިތުރު ކެމްޕަސްތަކަށް އެއްވަގުތެއްގައި އޮންލައިންކޮށް ކްލާސްތައް ނަގައި ދެވޭނެ ސްމާޓް ޓީޗިން ސިސްޓަމެކެވެ.

ރޭ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ހަފްލާގައި ތައާރަފް ކުރެވުނު ދިރާގު ސްމާޓް ޓީޗީންގް މެދުވެރިކޮށް، ރާއްޖޭގެ ޔުނިވާސިޓީގެ ކޮންމެ ކެމްޕަސްއެއް ހިންގާ ކްލާހެއްގައި ވެސް ދަރިވަރުންނަށް ފުރިހަމައަށް ބައިވެރިވެ، ބޭނުންވާ ކޯހެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެގޮތުން ހދ. ކުޅުދުއްފުއްޓާއި، ލ. ގަން، ގދ. ތިނަދޫ އަދި ސ. ގަމުގައި ގައުމީ ޔުނިވާސިޓީ އިން ގާއިމުކޮށްފައިވާ ކެމްޕަސްތަކުގެ ދަރިވަރުންނަށް މި ހިދުމަތުގެ އެހީގައި އެއް ވަގުތެއްގައި ލެކްޗާތަކުގައި ބައިވެރިވެވޭނެ އެވެ.

އޭގެ އިތުރުން މިސިސްޓަމްގެ ސަބަބުން މުޅިން އާ ކޯސްތައް ތައާރަފްކުރެވި ގައުމީ ޔުނިވާސިޓީގެ ހުރިހާ ކެމްޕަހެއްގައި ވެސް އެކޯސްތަކަށް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށާއި ލެކްޗާތަކުގެ އިތުރުން ކިޔެވުމަށް ބޭނުންކުރާ ތަފާތު ސްޓަޑީ މެޓީރިއަލްތައް ވެސް މި ސިސްޓަމްގެ އެހީގައި އެކި ކެމްޕަސްތަކުގެ ކުދިންނާއި ޓީޗަރުންގެ މެދުގައި ވެސް ހިއްސާކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އަދި މިސިސްޓަމް މެދުވެރިކޮށް ލެކްޗާ އަޑުއަހަމުން ގެންދާ ދަރިވަރުންނަށް ވެސް އެކުދިންގެ ސުވާލުތަކަށް ވަގުތުން އަހާ އޮޅުން ފިލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355