twitterviber whatsapp telegramfacebookyoutube instagram
17th May 2025

ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓް އަޅައިދޭނަން: އުމަރު

Nov 20, 2015

ސަރުކާރުން ކުޅުދުއްފުށީގައި އަޅަން އިއުލާންކޮށްފައިވާ އެއާޕޯޓް އަޅަދޭނެ ކަމަށް މިނިސްޓްރީ އޮފް ހޯމްއެޕެއާޒް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހދ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި ވާހަކަ ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދިވެހި ސަރުކާރުން ކުޅުދުއްފުށީ އަޅައި ދިނުމަށް އިއުލާންކޮށްފައިވާ  އެއާޕޯޓް ނޭޅި ލަސްވާތީ ކަމަށާއި ކުޅުދުއްފުށީ މަތިން މި ސަރުކާރު ހަނދާން ނައްތައެއް ނުލާނެ ކަމަށެވެ.

” އަޅުގަނޑު މިރޭ ޖަލްސާއަށް  އައުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާ ވާހަކަ ދައްކާލިން އަޅުގަނޑު އެމަނިކުފާނުގެ އަރިހުގައި ދެއްނެވި  ކުޅުދުއްފުށީ ރައްޔިތުންނަށް މަނިކުފާނު ދެއްވަން އޮތް މެސެޖަކީ ކޮބާތޯ؟.ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ވިދާޅުވީ ކުޅުދުއްފުށީ ބޭފުޅުނަން ދަންނަވާށޭ އަޅުގަނޑުމެންގެ ސަރުކާރުން އެއާޕޯޓް ކުޅުދުއްފުށީގައި އަޅައިދޭނަމޭ” މިނިސްޓަރ އުމަރު ވިދާޅުވި އެވެ.

ރައީސް ޔާމީނާ ހަވާލާދެއްވާ އުމަރު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އެވޯޑްކުރުމާއި ބައެއް އިތުރު މަސައްކަތައް ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓް އަޅަން ގަސްތުކޮށްފައިވަނީ ދައުލަތުގެ ބަޖެޓަކުން ނޫން ކަމަށާއި  އަންނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީ އެއާޕޯޓް ހަދަން ބޭނުންވާ ފައިސާ ހިމަނައިފައިނުވަނީ އެހެން ކަމުން ކަމަށެވެ.

އުމަރު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ގަސްތުކުރަނީ ޕަބުލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކަމަށެވެ

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355