ތިލަ ދެކުނު ޝަރަފުވެރިކަމުގެ އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު 6 ފަރާތަކަށް ލިބިއްޖެ އެވެ.
އަފީފުއްދީން ސްކޫލް ހޯލްގައި ރޭ ބޭއްވި މި ޖަލްސާގައި ޝަރަފްވެރިކަމުގެ އިނާމު ލިބުނު ފަރާތްތަކަށް އިނާމް ހަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރިމެހެމާން މިނިސްޓްރީ އޮފް ހޯމްއެފެޔާޒް އުމަރު ނަސީރެވެ.
ހިތްވަރު ދިނުމުގެ އިނާމް ދެނީ ހދ އަތޮޅަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ ހދ އަތޮޅަށް ނިސްބަތްވާ އަމިއްލާ ފަރާތްތަކާއި ކްލަބް ޖަމިއްޔާތަކާއި މުވައްސަސާތަކަށެވެ. އަދި ޝަރަފްވެރި އިނާމު ދެނީ ގައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ އެކު މުބާރަތްތަކުނާއި ކިޔެވުމުގެ ރޮގުން ޝަރަފްވެރި ވަނަތަށް ހާސިލްކޮށްފައިވާ ހދ އަތޮޅަށް ނިސްބަތްވާ ދަރިވަރުންނަށާއި އެ ދަރުވަރުންނަށް އުގަންނައި ދެއްވި އެދުރުންނަށެވެ.
ތިލަ ދެކުނު ޝަރަފްވެރި ކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު 16 ދާއިރާއަކަށް ހުޅުވާލި އިރު ނަން ހުށައަޅާފައިވަނީ 6 ދާއިރާއަކުންނެވެ. ނަން ހުށައަޅާ ފައިވާ ދާއިރާ ތަކަކީ ތައުލީތީ ދާއިރާ، އުފެއްދުންތެރި ކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، އިޖްތިމާއީ ދާއިރާ އަދި އާރޓް އެންޑް ކްރާޕްޓެވެ. އޭގެ ތެރެއިން އާރޓް އެންޑް ކްރާފްޓް ވަނީ 2 ބަޔަކަށް ބަހާލާފަ އެވެ.
ތިލަ ދެކުނު ޝަރަފްވެރިކަމުގެ އިނާމުވަނީ 8 ބަޔަކަށް ބަހާލާފަ އެވެ. އެއީ ރަންތަރި، އުޖާލާތަރި، ހިންމަތްތެރި ތަރި، ތޫނުފިލިތަރި، ކާމިޔާބު އެދުރު، އުއްމީދީ މަދަރުސާ، އަދި ޝަރަފްވެރި މަދަރުސާއާއި އާންމު ހިތްވަރުދިނުމުގެ އިނާމެވެ.
: ހިތްވަރު ދިނުމުގެ އާންމު ހިދުމަތުގެ އިނާމު ލިބުނު 6 ފަރާތަކީ
– އާދަމް އިސްމާއިލް ދޭބުދަރުގެ/ ހދ ކުޅުދުއްފުށި (ކުޅިވަރުގެ ދާއިރާ)
– މުހައްމަދު އިގްބާލް ދިނަޝަ/ ހދ ކުޅުުދުއްފުށި (މަސްވެރިކަމުގެ ދާއިރާ)
– އަބޫބަކުރު އަލީ ރަނި/ ހދ ކުޅުދުއްފުށި (އައު އުފެއްދުމުގެ ދާއިރާ)
– ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ/ ހދ ހަނިމާދޫ ( ތައުލީމީ ދާއިރާ، އިޖްތިމާއީ ހިދުމަތުގެ ދާއިރާ)
– އާދަމް މުހައްމަދު ލޮޓަސްގެ/ ހދ ކުޅުދުއްފުށި (ވަޑާމުގެ ދާއިރާ)
– އިބްރާހިމް އާދަމް ފިނިފެންޖަންބުގެ/ ހދ ކުޅުދުއްފުށި (ކަނބުރުވެރި ކަމުގެދާއިރާ)
:ތިލަދެކުނު ރަންތަރީގެ އިނާމް ލިބުނު 9 ފަރާތަކީ
– ރަޝީދާ މުހައްމަދު ދިނަށަ/ ހދ ކުޅުދުއްފުށި
– އަބްދުއްރަސީދު އިބްރާހިމް ރަސްފުށި/ ހދ ކުޅުދުއްފުށި
– ހުދާ އާދަމް ދުރުމީ/ ހދ ކުޅުދުއްފުށި
– އަލީ ހާލިދު ސެކެނާ/ ހދ ހަނިމާދޫ
– އައިމިނަތު ރާނިޔާ ގޯލްޑެންހައުސް/ ހދ ވައިކަރަދޫ
– ފާތިމަތު މުނާ މުހައްމަދު ނަފާ/ ހދ ނައިވާދޫ
– މުހައްމަދު އިޖްވާން އެމޭޒަން/ ހދ ނެއްލައިދޫ
– ސައުދުﷲ ހުސެއިން މަލަ/ ހދ ނެއްލައިދޫ
– ހަމްނާ މުހައްމަދު ކަށިމާވިލާ/ ހދ ނެއްލަދޫ
:ތިލަދެކުނު އުޖާލާތަރި ލިބުނު 19 ފަރާތް
– ޔުމްނާ ހުސެއިން ލާސް ފެޒިޔާ/ ހދ ކުޅުދުއްފުށި
– މުހައްމަދު އަބްދުއްރަހްމާން ސިމާގު/ ހދ ކުޅުދުއްފުށި
– އުމަރު ސާލިމް މުހައްމަދު ޖަމްނާގެ/ ހދ ކުޅުދުއްފުށި
– އައިމިނަތު ނަފްހާ އަމަން/ ހދ ހިރިމަރަދޫ
– އައިޝަތު އަބްދުލްވާހިދު ސޯމާ/ ހދ ކުޅުދުއްފުށި
– އަޒްމާ މުހައްމަދު ސްޓާލިން/ ހދ ކުޅުދުއްފުށި
– ހަތުމާ ހާލިދު ހަފޮޅުގެ/ ހދ ކުޅުދުއްފުށި
– އަބްދުއްރަޝީދު އިބްރާހިމް ރަސްފުށި/ ހދ ކުޅުދުއްފުށި
– ހުދާ އާދަމް ދުރުމި/ ހދ ކުޅުދުއްފުށި
– އިނާޔަު މުހައްމަދު ވައިލާވޫލް/ ހދ ކުޅުދުއްފުށި
– ސާޖިދާ މުހައްމަދު ކަށިމާވިލާ/ ހދ ކުރިނބީ
– ދުމްޔާ މުނީޒް މަގުސީދާގެ/ ހދ ނޮޅިވަރަމް
– އަލީ ނާފިލް ދިވަރު/ ހދ ހަނިމާދޫ
– އަލީ ހާލިދު ސެނެކާ/ ހދ ހަނިމާދޫ
– އައިމިނަތު ރާނިޔާ ގޯލްޑެންހައުސް/ ހދ ވައިކަރަދޫ
– އިމާލާ ޝާކިރު ހިލިހިލާގެ/ ހދ ވައިކަރަދޫ
– ސައުދުﷲ މަލަ/ ހދ ކުމުންދޫ
– މުހައްމަދު އިޖުވާން އެމޭޒަން/ ހދ ނެއްލައިދޫ
:ތިލަދެނުކު ހިންމަތްތެރި ތަރީގެ އިނާމް 11 ފަރާތް
– އާޔަތުﷲ ބުނު އަބްދުލްކަރީމް ފަންތި ހދ ވައިކަރަދޫ
– އަމާން ރަބީއު ދޫރިޔާގެ/ ހދ ވައިކަރަދޫ
– ފައިހާ އަބްދުﷲ އަގީލް ފަލްކަމް/ ހދ ވައިކަރަދޫ
– އަހުމަދު ޖައިލަމް ޝާމިލް/ ހދ ކުޅުދުއްފުށި
– ހުސެއިން ސިރާޖް ތާޖު/ ހދ ކުޅުދުއްފުށީ
– މަރްޔަމް ހަނާ އިބްރާހިމް ޝޭޑީގްރޯ/ ހދ ކުޅުދުއްފުށި
– ރިފާ މުހައްމަދު ޖައުޒާ/ ހދ ކުޅުދުއްފުށި
– ސާނިޔާ އަލީ ދިލާވަރު/ ހދ ކުޅުދުއްފުށި
– މަރިޔަމް ޝައުފާ ޒަވާދަވިއު/ ހދ ހަނިމާދޫ
-:ތިލަދެކުނު ތޫނު ފިލިތަރި ލިބުނު 4 ފަރާތް
– ފަހީމާ އަބްދުﷲ ލިލީމާގެ/ ހދ ހިރިމަރަދޫ
– އަލީ އަމްޖަދު ރަބީއު/ ހދ ކުޅުދުއްފުށި
– އަލީ މުނީޒް މަގުސީދާގެ/ ހދ ނޮޅިވަރަމް
– އަބްދުﷲ މުހައްމަދު ސޯސަންވިލާ/ ހދ ކުޅުުދުއްފުށި
-:ތިލަދެކުނު ކާމިޔާބު އެދުރުގެ މަގާމު ލިބުނު 4 ފަރާތް
– އާދިލް އަލީ ވަލުވަކަރުގެ/ ހދ ނެއްލައިދޫ ސްކޫލް
– ބިންދޫ ވަލްސަލަން/ ހދ ނެއްލައިދޫ ސްކޫލް
– އިސްމާއިލް ރަޝީދު ސިމާގު/ ހދ ނެއްލައިދޫ ސްކޫލް
– އަބްދުލްރަޝީދު މުހައްމަދު ސަންރައިޒް/ ހދ ނޮޅިވަރަންފަރު ސްކޫލް
ހދ އަތޮޅުގެ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމަކީ ހދ އަތޮޅުގައި އިލްމީ ގޮތުން ގާބިލް ޖީލެއް އުފެއްދުމާއި ހދ އަތޮޅު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ހޯދާ ޝަރަފްވެރި ވަނަތައް ފާހަގަކޮށް ހޮތްވަރުދިނުމާއި އެކު ދަރިވަރުންގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމާއި އަތޮޅުފެންވަރުގައި އާއި ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ހިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމެވެ.
ތިލަ ދެކުނު ޝަރަފުވެރިކަމުގެ އިނާމް ހާސިލްކުރި ފަރާތްތަކުގެ ފޮޓޯ