twitterviber whatsapp telegramfacebookyoutube instagram
10th June 2025
ADVERTISEMENT

އުމަރު ނަސީރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި

Nov 21, 2015

މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ކުޅުދުއްފުށީ ޕޮލިސް ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިނިސްޓަރު އުމަރު ނަސީރު ކުޅުދުއްފުށީ ޕޮލިސް ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރައްވައިފައި ވަނީ ހދ އަތޮޅު ކައުންސިލުން ބޭއްވި ތިލަދެކުމު ޝަރަފުވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުޅުުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެވެ.

ހޯމް މިނިސްޓަރު ކުޅުދުއްފުށީ ޕޮލިސްޓޭޝަނަށް ވަޑައިގެން ފުލުހުންގެ މަސައްކަތްތައް ބައްލަވާލައްވައި ޕޮލިސް ސްޓޭޝަންގައި އަދި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރައްވާފައި ވެއެވެ.

މިނިސްޓްރީގެ ނައިބު އަޙްމަދު ޞިއްދީގް ވެސް ބައިވެރިވެ ވަޑައިގެން މި ޒިޔާރަތުގައި މިނިސްޓަރު އުމަރު ނަސީރު ވަނީ ފުލުހުންގެ މަސައްކަތް ރައްޔިތުންނާ ގުޅިގެން ރައްޔިތުންނަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި ގެންދިއުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައިއެވެ. އަދި ފުލުހުންނަށް ހިދުމަތް ދިނުމުގައި ދިމާވާ ބައެއް ދަތިތައް ބައްލަވާފައިއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com