twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހއ ސްކައުޓުގެ 5 ވަނަ އަހަރީ ކޭމްޕް މޮޅަދޫގައި ފަށައިފި

Nov 21, 2015

ހއ. އަތޮޅު 8 ވަނަ ސްކައުޓު ގުރޫޕުގެ 5 ވަނަ އެނުއަލް ސްކައުޓު ކޭމްޕް މޮޅަދޫގައި ފަށައިފިއެވެ.

މިމަހުގެ 20 އިން 23 އަށް ކުރިޔަށް ގެންދާ މިކޭމްޕުގައި ބައިވެރިންނަށް ފުލުހުންގެ ފަރާތުން ސްކައުޓުންނަށް ތަރުބަވީ ސިފަތަކަށް ބާރުއަޅައިދޭ ބައެއް ކަންކަން ހިމަނައިގެން ސެޝަން ނަގައި ދިނުމާ މުހިއްމު ބައެއް ޤާނޫނުތަކުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޢާއްމު އިޖުތިމާޢީ މިންގަޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި ހުރި މައުލޫމާތު ދަރިވަރުންނަށް ދެވޭނެކަަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފިޒިކަލް ފިޓްނަސްގެ ކުލާސްތަކާ ފެތުމާ ލައިފްސޭވިންގ އަދި ރެސްކިއު ކުލާސްތައް މި ކޭމްޕުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ކޭމްޕް ކުރިޔަށް ދަނީ އިހަވަންދޫ ސްކޫލުގެ އެދުމުގެ ދަށުން އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ އެހީތެރިކަމާއެކުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355