twitterviber whatsapp telegramfacebookyoutube instagram
17th May 2025

އައި.ޕީ.އެސްގެ ވަދާއީ ހަވީރު ބާއްވައިފި

Nov 22, 2015

އިރުމަތި އަވަށު ޕްރީ ސްކޫލް ވަދާއީ ހަވީރު ބާއްވައިފި އެވެ

އެސްކޫލް ގޯތި ތެރޭ ހޮނިހިރު ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މިހަރަކާތުގައި ސްކޫލްގެ ހުރިހާ ދަރިވަރުންވަނީ ބައިވެރިވެފަ އެވެ. ސްޓޭޖް ހަރަކާތްތަކާއި ސްޓޯލް ތަކާއިއެކު ކުރިއަށް ގެންދިޔަ މި ހަރަކަތުގައި ސްޓޭޖް އައިޓަމްތަށް ހުށައަޅާދީފައި ވަނީ ޔޫކޭޖީ ދަރިވަރުންނެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އެ ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި ސަމީމާ ހުސެއިން ވިދާޅުވީ އައި.ޕީ.އެސް ވަދާއީ ހަރަކާތަކީ އަންނަ އަހަރު ސްކޫލްގެ ނަން އުވިގެންދާތީ ބާއްވާ ވަދާއީ ހަވީރެއް ކަމަށެވެ

އިރުމަތި އަވަށު ޕްރީ ސްކޫލްގެ އިމާރާތުގައި އަންނަ އަހަރުން ފެށިގެން، ކައުންސިލުގެ ފަރާތުން ހިންގާ ޕްލޭ ސްކޫލު ހިންގާނީ އަމީރު އަމީން ސްކޫލުގެ ނަމުގައި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355