twitterviber whatsapp telegramfacebookyoutube instagram
20th May 2024

ކުޅުދުއްފުށި، ދިއްދޫ، ހަނިމާދޫއިން ވިޔަފާރި އުސޫލަށް ބިން ދޫކުރަނީ

Nov 24, 2015

އިގްތިސޯދީ ބޭނުންތަކަށް ބިން ދޫކުރަން ސަރުކާރުން ނިންމާފައިވާތީ އެ ސިޔާސަތުގެ ދަށުން ބިން ދޫކުރާ ފުރަތަމަ 10 ރަށް ގެ ތެރެއިން ކުޅުދުއްފުއްޓާއި ދިއްދޫ އަދި ހަނިމާދޫ ހިމެނިއްޖެ އެވެ.

މި ތިން ރަށުގެ އިތުރުން އިގްތިސޯދީ ބޭނުންތަކަށް ބިން ދޫކުރުމުގެ ސިޔާސަތުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ނ. ވެލިދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ކ. ތުލުސްދޫ، ދ. މީދޫ، ޏ. ފުވައްމުލަކު އަދި އައްޑޫސިޓީ ހިތަދޫ އިން ކަމަށް ހައުސިގ މިނިސްޓްރީ މައުލޫމާތުދެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒު ވިދާޅުވީ އިގްތިސޯދީ ބޭނުމަށް ރަށް ރަށުން ބިން ދޫކުރަނީ ރަށް ރަށުގެ އިގްތިސޯދީ ހާލަތު ރަނގަޅުކޮށް ފުދުއްތެރިކަން އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް އެރަށް ރަށުގައި އިތުރުކުރުމަށް ކަމަށެވެ.

ފާއިޒު ވިދާޅުވީ ބިން ދޫކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ބިމުގެ ބޮޑުމިނަން ބެލުމަށްފަހު އެކަށީގެންވާ ރަނގަޅު އަދަދަކަށް ބިން ދޫކުރެވޭނެ ކަމަށެވެ.

އިގްތިސޯދީ ބޭނުންތަކަށް އަތޮޅު ތެރޭގެ ރަށްތަކުން ބިން ދޫކުރަން ސަރުކާރުން ފަށާފައި މިވަނީ އެކަމާއި ގުޅޭ އިސްލާހު ބިމާ ބެހޭ ގާނޫނަށް ގެނައުމަށްފަހު އެވެ. އަދި މިއުސޫލުން ބިން ދޫކުރުމާއި ބެހޭ ގަވައިދެއް ހައުސިން މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފަ އެވެ.

މި ދިހަ ރަށުގެ ތެރެއިން ހަތަރު ރަށަކުން ބިން ދޫކުރުމުގެ މަސައްކަތް މިހާރުވެސް ވަނީ ފަށާފަ އެވެ. އެއީ ހދ. ހަނިމާދޫ، ނ. ވެލިދޫ، ބ. އޭދަފުށި އަދި ބ. ތުޅާދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355