twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ފިހާރައެއްގައި އިން ސޭޓަކަށް ވަޅިން ބިރު ދައްކައިގެން ރުފިޔާތައް ފޭރިގެންފި

Nov 24, 2015

ކުޅުދުއްފުށީ ފިހާރައެއްގައި އިން އަންހެން ސޭޓަކަށް ވަޅިން ބިރު ދައްކައިގެން ފިހާރައިގައި ހުރި ރުފިޔާތައް ފޭރިގަނެގެން ފިލައިފި އެވެ.

މިރޭ 8:30 ހާއިރު ހިނގި މިހާދިސާގައި ފިހާރައިން ވަގަށް ގެންދިޔައީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގެ އެެވެ.

ފިހާރައަށް ވަދެ ފޭރިފައިވަނީ މޫނު ނިވާކޮށްގެން ތިބި 2 މީހުންނެވެ. ” އެކަކު ހުރިހާ އަހަންނާ ދިމާއަށް ވަޅި ދިމާކޮށްގެން. ދެން ހުރި މީހާ ވަތްގަނޑުގައި ހުރި ރުފިޔާތައް ނެގީ ” ފިހާރާގައި އެވަގުތު އިން 17 އަހަރުގެ އަންހެން ކުއްޖާ “ކުޅުދުއްފުށި އޮންލައިން” ރިޕޯޓަރަކާ ވާހަކަ ދައްކަމުން ބުންޏެވެ.

ފޭރުމުގެ މިހާދިސާ ހިނގާފައިވަނީ އާރާމް ގެސްޓް ހައުސް ކައިރީގައި ހުންނަ ރައިޓް އޭންގަލް ކިޔާ ފިހާރައަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355