ހާސްވެ ކަންބޮޑުވާ ފަހަރު ހާސްކަންމަތީ ހުރެގެން ބައެއް މީހުން މާގިނައިން އެކުން ނުވަތަ އިތުރަށް އެކަމަކާ މާގަދަޔަށް ވިސްނުން މިއީ އާންމުކޮށް ކުރެވޭ ކަންކަމެވެ. ހާސްވެފައި ހުރި ވަގުތެއް ނަމަ ފުރަތަމަ ރަނގަޅު ގޮތަކީ ހާސްކަން ފިލުވާލުމެވެ. އެހެންނަމަވެސް އަބަދު ހާސްވެ ކަންބޮޑުވާ މީހުން ކަށީގައި ހިފާފައި ހުންނަ ބައެއް ނުރަނގަޅު އާދަތަކެއް އެބަހުއްޓެވެ.
ގިނައިން ކެއުން
މިއީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. ދެރަވުމުން ނުވަތަ ރުޅި އައުމުން ދެވޭނީ ކޮންމެވެސް ކާއެއްޗަކާއި ދިމާއަށެވެ. ހާއްސަކޮށް ތައްޔާރީ ކާނާ، އެނާޖީ ޓްރިކްސް ނުވަތަ އައިސްކްރީމް ފަދަ އެއްޗެހި ބޭނުން ކުރެވެއެެވެ. އެގޮތަށް ކާއެއްޗެއް ބޭނުން ކުރުމުން ހާސްކަން ފިލާކަމަށް މިފަދަ މީހުން ބުނެއެވެ. އެހެންނަމަވެސް މިއީ ސިއްހީ ގޮތުންވެސް ގެއްލުން ހުރި ކަމެކެވެ. ހަށިގަނޑު ފަަލަވެ އަބަދު ވަރުބަލިވަގޮތް ދިމާވެދާނެ އެވެ. އަދި އެނާޖީ ޓްރިންސްތައް މާގިނައިން ބޭނުން ކުރުމުން ހަޖަމްކުރާ ނިޒާމަތް ގެއްލުން ލިބެއެެވެ.
ހުރިހާކަމެއްގެ ނުރަނގަޅު ފަރާތް ދެއްކުން
ގިނަ ފަހަރަށް މިހެން ވަނީ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ކުޑަވުމުނެވެ. ދަތި ވަގުތެއްގައި ތިމާގެ ރައްޓެހިން އާއިލާ މީހުން ދޭ ހިޔާލަށް ނުވަތަ ނަސޭހަތަށް ތާއިދު ނުކުރެވޭ ގޮތް ދިމާވަނީ ތިމާއަށް އެކަމެއް ނުވާނޭ ހިތަށްއަރާފަ އެވެ. މިހެން ވުމުން އެެކަމެއްގައި ތިމާއަށް ލިބޭ ފައިދާއަށް ވުރެ ބޮޑަށް ލިބިދާނެ ގެއްލުމަކަށް ވިސްނޭތަން އާދެއެވެ. ނުވަތަ ކުރިން ދިމާވެފައިވާ ހާދިސާއަކާއި މިހާރުގެ ހާލަތު ގުޅުވޭ ތަން އާދެއެވެ. އެހެންނަމަވެސް ހާލަތު ބަދަލު ކުރުމަށް މަސައްކަތްކުރުމުގެ ބާރު އޮތީ ތިމާގެ އަތުގައެވެ.
އެހެން މީހުންނަށް އިތުބާރު ނުކުރުން
އެކަކަށްޓަކާ އިތުބާރު ގެއްލިއްޖެ ނަމަ ބައެއް މީހުންނަށް ވާގޮތެކެވެ. ދެން ތިބޭ މީހުންނަށް ވެސް އިތުބާރު ގެއްލޭގޮތް ވެއެވެ. އެހެންވުމުގުގެ ސަބަބުން ދިމާވާ ކަންކަން އެެހެން މީހުންނާ ހިއްސާކޮށް ހިޔާލު ހޯދުމުގެ ބަދަލުގައި ސިއްރުކުރެވޭ ތަން އާދެއެވެ. ތިމާގެ ހާލަތު އެހެންމީހުންނަށް “އަންޑަސްޓޭންޓް” ނުވާނެ ކަމަށް ހީކޮށް އިހްސާސްތައް ހިއްސާނުކޮށް ފޮރުވުމަކުން އަދި މައްސަލާއިގެ ހައްލެއް ނުލިބޭނެ އެވެ.