twitterviber whatsapp telegramfacebookyoutube instagram
13th August 2026

ދިރާގުން ނުކުޅެދުންތެރިކަން ހުންނަކުދިންނަށް 100،000 ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

Nov 26, 2015

ދިރާގުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ 100،000 ރުފިޔާގެ ތަކެތި ސ.ހިތަދޫ އައްނޫރު ސެންޓަރަށް ހަދިޔާކޮށްފި އެވެ.

އައްނޫރު ސެންޓަރަކީ ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ސެންޓަރެކެވެ.

ދިރާގުން ވަނީ އެ ސެންޓަރަށް އަގުހުރި މުހިންމު ވަސީލަތްތަކެއް އެ ކުންފުނީގެ ފަރާތުން ހަދިޔާކޮށްފައިއެވެ.

ދިރާގުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ސެރެބްރަލް ޕަލްސީ ޗެއަރ، ވޯކިންގ އެއިޑް، ކޮމްޕިއުޓަރ ސިސްޓަމް، ތެރަޕީ ބޯލްސް، ފްލޯ މެޓް އަދި ވާހަކަ ފޮތާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްޕެޝަލް ނީޑްސް ކީބޯޑު ފަދަ ތަކެތި ހިމެނެއެވެ.

ގާތްގަނޑަކަށް 30 ކުދިން ހިދުމަތް ހޯދަމުން އަންނަ މި ސެންޓަރަކީ 2007 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ހޯދައިދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ކުލާހެކެވެ.

މި ކުދިންނަށް ކިޔަވައިދިނުމުގައި ސެންޓަރުގައި މިހާރު ހަރަކާތްތެރިވަމުންދަނީ 4 ދާއިމީ، އަދި 4 ވަގުތީ ޓީޗަރުންގެ އިތުރަށް ކޯޑިނޭޓަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355