twitterviber whatsapp telegramfacebookyoutube instagram
15th February 2026

އުރީދޫ “ސްމާޓް އައިޑިއާސް ފޯ ވިމެން” ޗެލެންޖް މިޒްނާ ކާމިޔާބުކޮށްފި

Nov 26, 2015

އުރީދޫ “ސްމާޓް އައިޑިއާސް ފޯ ވިމެން” ޗެލެންގް މިޒްނާ ގާސިމް ކާމިޔާބުކޮށްފި އެވެ.

މި ޗެލެންޖްގައި މިޒްނާ ހުށައެޅި “އީ ޕޭރެންޓަލް ސަޕޯރޓް ގްރޫޕް” ގެ ހުވަފެން ހަގީގަތަކަށް ހެދުމަށް 50،000 ރުފިޔާގެ އެހީ ވަނީ މިޒްނާއަށް ލިބިފަ އެވެ.

މިޒްނާ ހުށައެޅި “އީ ޕޭރެންޓަލް ސަޕޯޓް ގްރޫޕް”އެއް މެދުވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މައިންނާއި ދަރިންގެ ދިރިއުޅުން ދެނެގަނެ، އަދި އަހުލާގީ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީ އެކަންކަމަށް ހައްލު ހޯދައި ދިނުމަށް ހުށަހެޅި ހިޔާލެއް ކަމަށް އުރީދޫ އިން ބުންޏެވެ.

އަދި މި ޗެލެންޖް މެރދުވެރިކޮށް މިޖުތަމައުގައި ޖިންސީ ހަމަހަމަކަމަށް ތަރުހީބުދޭ ފަރާތްތަކުން ވަރަކަށް ރަނގަޅު ބިނާކުރުވަނިވި ހިޔާލުތަކެއް ހުށައަޅާފައިވާ ކަމަށާއި މި ޗެލެންޖުގައި ބައިވެރިވި ފަރާތްތަކަށް ޖިންސީ ހަމަހަމަކަމަށާއި، ދިވެހި އަންހެނުންނަށް ދިމާވަމުންދާ ގޮސްޖެހުންތަށް ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހައްލެއް ގެނެސްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތާއި އެކު ކުރިއަށް ދިއުމަށް އުރީދޫއިން ހިތްވަރު ދެއްވާކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

“ސްމާޓް އައިޑިއާސް ފޯ ވިމެން” ޗެލެންޖަކީ ޖީއެސްއެމްއޭގެ “ކަނެކްޓެޑް ވިމެން” ޕްރޮގްރާމްގެ ދަށުން އުރީދޫިއިން ކުރިއަށް ގެންދިޔަ ޗެލެންޖެކެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355