twitterviber whatsapp telegramfacebookyoutube instagram
12th September 2025

ކުޅުދުއްފުށިން 2800 ވުރެ ގިނަ ޕާސްޕޯޓް މިހާތަނަށް ހަދައިދީފައިވާނެ: އާތިފް

Nov 28, 2015

ކުޅުދުއްފުށިން ޕާސްޕޯޓް ހެދުމުގެ އިންތިޒާމް ހަމަޖެހުނު ފަހުން މިހާތަނަށް ، އިމިގުރޭޝަން އޮފީސް މެދުވެރިކޮށް 2800 އަށްވުރެ ގިނަ ރައްޔިތުންނަށް ޕާސްޕޯޓް ހަދައިދީފައިވާކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އާތިފް މިހެން ވިދާޅުވެފައިވަނީ އޭނާގެ ޕޭސްބުކްގައި ކުރި ޕޯސްޓެއްގަ އެވެ. ކުޅުދުއްފުށީގައި ޕާސްޕޯޓް ހެދުމަށް ހދ އަތޮޅު ކައުންސިލުން 2 ލައްކައަަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވެ އެވެ. އެހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އަހަރު ޖުލައި 27 ވަނަ ދުވަހު އެވެ.

އާތިފް ވިދާޅުވީ ކުޅުދުއްފުށިން ޕާސްޕޯޓްގެ ހިދުމަތް ދޭން ފެށުމުން ހއ. ހދ .ށ އަތޮޅުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން އެތައް ފަސޭހައެއް ވެގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށިން ޕާސްޕޯޓްގެ ހިދުމަތް ދޭން ނުފެށުނު ނަމަ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން މާލެ ގޮސް ޕާސްޕޯޓް ހެދުމަށް އެތަށް ރުފިޔާއެއް ހަރަދުކުރަން ޖެހުނީސް ކަމަށެވެ. އެގޮތުން މި 2800 ވުރެ ގިނަ ރައްޔިތުން މާލެ ޕާސްޕޯޓް ހެދުމަށް މާލެއަށް ގޮސް 5 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަން ޖެހުނީސް ކަމަށް އާތިފް ވިދާލިވި އެވެ.

އަދި އެކަމުގެ ސަބަބުން ރައްޔިތު މީހާއަށާއި މިސަރަހައްދަށް އިޤްތިސާދީގޮތުން ނިކަމެތިކަން ލިބިގެންދާނެ ކަމަށް އާތިފް ވިދާޅުވެފަވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355