twitterviber whatsapp telegramfacebookyoutube instagram
7th November 2025

ހދ އަތޮޅު ތައުލީމީ މަރުކަޒަށް ޕްރިންސިޕަލެއް ހޯދަނީ

Nov 28, 2015

ހދ އަތޮޅު ތައުތީމީ މަރުކަޒަށް ޕްރިންސިޕަލެއް ހޯދުމަށް އިއުލާން ކޮށްފި އެެވެ.

ދިވެހި ސަރުކާރު ގެޒެޓްގައި މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ މި އިއުލާނުގައި ވަނީ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރ 2 ވަނަ ދުވަހު 14:00 ގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޗް އާރު ސެޝަނަށް ފޯމް ހުށައެޅުމަށް އެދިފަ އެވެ.

މި މަގާމަށް ހުށައެޅުމުގެ އެންމެ ދަށް ޝަރުތަކީ ޓީޗިން އޮފިޝަރ 3 އެވެ. މި މަގާމަށް ފޯމްލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ޓީޗިން އޮފިޝަރ 3 ން 11 ހަމައަށެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒަށް ޕްރިންސިޕަލެއް ހޯދުމަށް އިއުލާން ކޮށްފައި މިވަނީ އެމަގާމު ހުސްކޮށް އޮންނަތާ 1 އަހަރު ދުވަހަށް ފަހު އެވެ.

ގްރޭޑް 1 ން 7 ކިޔަވައިދޭ މި ސްކޫލަކީ މާލެ ފިޔަވާ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުން އަންނަ ޕްރައިމަރީ ސްކޫލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355