twitterviber whatsapp telegramfacebookyoutube instagram
12th April 2026

ދަނޑުވެރިކަމުގެ ވޯކްޝޮޕް އަންނަ މަހު ނޮޅިވަރަމްފަރުގައި ފަށަނީ

Nov 30, 2015

ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ދަނޑުވެރިކަމުގެ ވޯކްޝޮޕްގެ ފުރަތަމަ ކުލާސްތައް ފަށަން ހަމަޖެހިފައިވަނީ ނޮޅިވަރަމްފަރުގަ އެވެ.

ހދ އަތޮޅު ކައުންސިލް މެމްބަރު ހުސެއިން ހަސަން ވިދާޅުވި ގޮތުގައި އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ހދ އަތޮޅުގެ ރަށު ކައުންސިލުތަކާ ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. އަދި މި ވޯކްޝޮޕް ކާމިޔާބުވެއްޖެ ނަމަ އަންނަ އަހަރުވެސް މިފަދަ ވޯކްޝޮޕެއް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވޯކްޝޮޕްގައި ބައިވެރިން ބައިވެރިވި  ކޮންމެ ރަށެއްގައި ކުލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

-:މައިގަނޑު ގޮތެއްގައި މިވޯކްޝޮޕްގައި ކިޔަވައިދޭނެ 3 ބައެއް 

– ކެމިކަލް ބޭނުން ނުކޮށް ދަނޑުވެރިކަން ކުރާނެ ގޮތް

-ރާއްޖޭގައި އާއްމުކޮށް ނުހައްދާ ބައެއް ގަސްތައް ހަދަން ދަސްކޮށްދިނުން( އާފަލު، ޗެރީ، މޭބިސްކަދުރު ގަސް ހިމެނޭ)

-އާއްމުކޮށް ރާއްޖޭގައި ހައްދާ ބައެއް ގަސްތައް ހަދަން ދަސްކޮށްދިނުން (ކިއުކަމްބަރ، މިރުސް، ބަރަބޯ ގަސް ހިމެނޭ)

އަތޮޅު ކައުންސިލުން މައުލޫމާތު ދޭގޮތުގައި އަތޮޅުގެ 7 ރަށަކުން 175 ދަނޑުވެރިން މި ވޯކްޝޮޕްގައި ބައިވެރިވާނެ އެވެ. އެއީ  ނޮޅިވަރަމްފަރާއި ނޮޅިވަރަމާއި ނެއްލައިދޫއާއި ކުރިނބީ، ނޭކުރަންދޫ އަދި ވައިކަރަދޫއާއި ކުޅުދުއްފުށިންނެވެ.

ޑިސެމްބަރު 2 ން 8 ވަނަ ދުވަހަށް ކުރިއަށްދާ މިވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ކެމް މޯލްޑިވްސްގެ، ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކުން ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެ އެވެ .

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355