twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމެއް ފަށައިފި

Nov 30, 2015

ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ.

މި ޕްރޮގުރާމަކީ ހއ ދިއްދޫ ޕޮލިސް ސްޓޭޝަނާއި ދިއްދޫ ނާޑު ސްޕޯރޓްސް ކުލަބު އަދި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވިސް އިން ގުޅިގެން ބޭއްވޭ ޕްރޮގުރާމެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށި މި ޕްރޮގުރާމް 3 ހަފްތާގެ މުއްދަތަކަށް ކުރިޔަށް ދާނެކަމަށް ޕޮލިހުން މައުލޫމާތު ދެއެެވެ.

މި ޕްރޮގުރާމުގައި ފަތަން ދަސްކޮށްދިނުމުގެ އިތުރުން މޫދާއި ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ކަން ކުރަންވީ ގޮތާއި އެފަދަ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ދެވޭނެ ކަމަށް ޕުލުހުން ބުނެއެވެ.

އަދި މި ޕްރޮގުރާމުގައި ސްވިމިން ކުލާސްތައް ނަގައި ދެނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ރަޖިސްޓްރީ ވެފައިވާ ސްވިމިންގ އިންސްޓްރަކްޓަރުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޖުމްލަ 65 ދަރިވަރަކާ އެކު ކުރިޔަށްދާ މި ޕްރޮގުރާމުގައި ހިމެނެނީ 9 އަހަރާއި 15 އަހަރާ ދެމެދުގެ ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355