twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުއްލިގޮތަކަށް ހދ. އަތޮޅު ތައުލީމީ މަރުކަޒު ހިންގެވުން މަހުދީ އާ ހަވާލުކޮށްފި

Nov 30, 2015

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ވަގުތީގޮތުން ހިންގެވުން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް މަހްދީ ޝާހިދުއާ ހަވާލުކުރައްވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަހްދީ އާ އެސްކޫލުގެ ހިންގުން ހަވާލުކުރައްވާފައިވަނީ މިއަދު އެވެ. އަދި މިރޭ ވަނީ އެ ސްކޫލުގެ ބެލެނިވެރިންނާ މަހްދީ ބައްދަލުކުރައްވާފަ އެވެ.

މަހްދީއާ ސްކޫލުގެ ހިންގުން ހަވާލުކުރައްވާފައިވާއިރު ސްކޫލަށް ޕްރިންސިޕަލެއް ހޯދުމަށް މިދިޔަ ހަފްތާ ވަނީ އިއުލާންކޮށްފަ އެވެ. މި އަހަރު އެ ސްކޫލް ހިންގާފައިވަނީ ޕްރިންސިޕަލެއް ނެތިއެވެ.

“ކުޅުދުއްފުށި އޮންލައިނަށް” އެނގިފައިވާ ގޮތުގައި މަހްދީއާ ސްކޫލު ހިންގުން ހަވާލުކުރެއްވީ އެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބުދުﷲ އެޑިއުކޭޝަނުން އަންގަވާހާ  އެންގެވުންތަކާ އެއްގޮތަށް އަމަލުނުކުރައްވާތީ އެވެ. އެގޮތުން ސްކޫލުގެ ހޯލްގެ މައްސަލަ އާއި އަންނަ އަހަރު އެ ސްކޫލުގެ ޔުނިފޯމް އާ ކުރުމުގެ މައްސަލަ ހިމެނެ އެވެ.

މިރޭ ބެލެނިވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، އަންނަ އަހަރަށް އާ ޔުނިފޯމް ފަހާފައިވާ ފަރާތްތަކާއި ނުފަހާ ފަރާތްތައް އެނގޭނޭހެން ނޯޓްކޮޅެއްގައި ފާހަގައެއް ޖެއްސުމަށް މަހުދީ އެދިވަޑައިގެންފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355