ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބަނދެފައިވާ ކަޅުއޮށްފުންމި މާދަމާ ބޭލުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ކަޅުއޮށްފުއްމި ބަނުމުގެ މަސައްކަތާއި ހަވާލުވެ ހުންނެވި ކޯޑިނޭޓަރު މުހައްމަދު އަބުދުއް ސަމަދު ވިދާޅުވީ މާދާމާ ކަޅުއޮށްފުންމި ބޭލުމަށް ހަމަޖެހިފައިވަނީ 2:30 ކަމަށެވެ.
މާދަމާ ބޭލުމަށް ހަމަޖެހިފައިވާ ކަޅުއޮށްފުންމި ބޭލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް ކަމަށާއި މި ރަސްމިއްޔާތުގައި ރަށުގެ ރައްޔިތުންނާއި، ސްކޫލް ދަރިވަރުންނާއި ކައުންސިލްގެ މެންބަރުން ސާމިލްވަގޮތަށް ކަޅުއޮށްްފުންމި ބަނުމަށް ނޭކުރަންދޫއިން ކެނޑި ކޮންމެ ރުކަކަށް 2 ރުއް އިންދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ސަލީމް ވިދާޅުވީ ކަނޑުގައި ދުއްވުމުގެ ޓެސްޓްތައް ހެދުމަށް ހަމަޖެހިފައިވަނީ ނޭކުރަންދޫގައި ބާއްވައިގެން ކަމަށާއި ޓެސްޓްތައް ހަދާ ނިންމުމަށް ފަހު ހއ އުތީމަށް ކަޅުއޮއްފުންމި ގެންދިއުމުގެ މަގުމަތީގައި ކުޅުދުއްފުއްޓަށް މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކަޅުއޮށްފުއްމީގައި 20 ނުވަތަ 25 މީހުންނަން ދަތުރު ކުރެވޭއިރު އެދޯނީގެ ބޮޑުމިނުގައި 52 ފޫޓެވެ.
ގައުމީ ދުވަހު އުތީމްގައި ބާއްވާ ރަސްމިއްޔާތައް ކަޅުއޮއްފުންމި ވަނީ އެރަށަށް ގެންދިއުމަށް ހަމަޖެހިފަ އެވެ.
ރާއްޖެ ހިފައި، 17 އަހަރު ވެރިކަން ހިންގި ޕޯޗުގީޒުންގެ އަތުން މިނިވަންކަން ހޯއްދަވައިދެއްވި އުތީމު ތިން ބެއިން ބޭނުންކުރެއްވި ކަޅުއޮށްފުންމީގެ ސިފަޔަށް ބަންނަ އޮޑި ކަނޑުގެ ޓެސްޓުތަށް ހެދުމަށްފަހު ހއ އުތީމަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެރަށުގައި ފާހަގަ ކުރާ މިނިވަންދުވަސް ފާހަގަ ކުރުމަށް ޓަކައެވެ.
ކަޅުއޮށްފުންމި ބަނުމަށްޓަކައި މައުލޫމާތު އެއްކޮށްފައިވަނީ ހުސެއިން ސޮލާހުއްދީން ލިއުއްވި ބޮޑުތަކުރުފާނު ވާހަކައާއި ބުރަހަދު މުހައްމަދު ފުޅު ކިޔައިދީފައިވާ ގޮތަށް ލިއެފައިވާ ފޮތަކުން މައުލޫމާތު ހޯދާއި، ރާއްޖޭން ބޭރުން ވެސް އެކަމާއި ބެހޭ ދިރާސާތަކެއްވަނީ ކޮށްގެނެވެ.