ދިޔޫތު މޫވްމަންޓް އިން ކުރިޔަށްގެންދާ ކައްޓި ހިތްވަރު ފެސްޓިވަލްގެ ޓެލެކޮމް ޕާރޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ފެސްޓިވަލްގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖެއްސުމުގެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒެވެ.
ޑިސެމްބަރު މަހު 2 އިން 5 އަށް ނޭޝަނަލް އާރޓް ގެލަރީގައި ކުރިޔަށް ދާނެ މި ފެސްޓިވަލްގެ މުވައްސަލާތީ އެހީތެރިކަން މި ޕަރޓްނާޝިޕްގެ ދަށުން އުރީދޫއިން ފޯރުކޮށްދޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
ޒުވާނުން ބާރުވެރިކޮށްދޭ އަދި ފަންނުވެރިކަމުގެ މާހައުލުގައި އަރަމުން އަންނަ ޒުވާން އާޓިސްޓުން އެދާއިރާގެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާއި ގުޅުވާލަދީގެން ތަފާތު ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދޭ ފެސްޓިވަލް އަކަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައި ވެއެވެ.
ކައްޓި ހިތްވަރު ފެސްޓިވަލް އަކީ ދިޔޫތް މޫވްމަންޓް އިން ފަންނު، ޘަގާފަތް، ތާރީޚް، ބަސް އަދި ތިމާވެއްޓަށް ޝައުގުވެރިކަން އިތުރުކޮށް، އެކަންކަމަށް ލޯބި އާލާކުރުމުގެ ގޮތުން ކުރިއަށްގެންދާ ފެސްޓިވަލް އެކެވެ.
މި ފެސްޓިވަލްގެ އަމާޒަކީ ޒުވާނުންޝާމިލްވާ މުޖުތަމައުއެއް އާލާކޮށް، މި ބައިވެރިވުމުގެ ސަބަބުން ޒުވާނުންނާއި މެދު އާންމު މުޖުތަމައުގެ ވިސްނުން ރަގަޅުކޮށް، ކުރިއަށް އޮތް ޖީލުތައް ބާރުވެރިކޮށްދިނުން ކަމަށް ޔޫތް މޫވްމަންޓުން ހާމަކުރެއެވެ.