twitterviber whatsapp telegramfacebookyoutube instagram
13th July 2025

ނޭކުރެންދޫ ޖަލުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފެށޭނެ

Dec 5, 2015

ހދ ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ހޯމް މިނސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ނޭކުރަންދޫގައި ކަޅުއޮށްފުންމި ބޭލުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން އަހުމަދު ސަލީމް ވިދާޅުވީ ޖަލުގެ މަސައްކަތް ހަވާލު ކުރުމަށްޓަކައި ކޮންޓްރެކްޓަރ ހަމަޖެހިފައިވާ ކަމަށާއި ޖަލުގެ މަސައްކަތަށް ބޭނުންވާ ތަކެތި ޗައިނާއިން މިހާރު ރާއްޖެއަށް އައުމުގެ މަގުމަތީގައި ވާ ކަމަށެވެ.

ޖަލުއެޅުމަށް ނޭކުރެންދޫ ކައުންސިލުން 21 ހެކްޓަރުގެ ބިމެއް ދޫކޮށްފައިވާ އިރު ޖަލުއެޅުމަށް މިހާރު ކޮންޓްރެކްޓަރާ ވާހަކަދެކެވިފައިވާ ކަމަށާއި އަދި އެރަށުގައި ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ނޭކުރެންދޫގެ އިތުރުން ކާށިދޫގައިވެސް ޖަލުއެޅުމަށް ވަނީ ހިމަނާފައެވެ.

ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލަކީ ލުއިޖަލެކެވެ. އެތަނުގައި ތިބޭ ގައިދީންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވޭނޭ ފުރުސަތު ޖަލު ސަރަހައްދުގައި ހަމަޖެހޭނެ އުސޫލެއް ކަނޑައަޅުއްވާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އެ ޖަލަކީ ގާތްގަނޑަކަށް 300 މީހުންގެ ޖާގައިގެ ޖަލެކެވެ.

 

 

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355