twitterviber whatsapp telegramfacebookyoutube instagram
18th May 2025

ކަޅުއޮށްފުންމި މާދަމާ ކުޅުދުއްފުއްޓަށް ގެންނަނީ

Dec 6, 2015

މިނިވަން 50 އަށް ތައްޔާރުކުރި ކަޅުއޮށްފުންމި މާދަމާ ކުޅުދުއްފުއްޓަށް ގެނައުމަށް ހަމަޖެހިއްޖެ އެވެ.

“ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެމުން ކަޅުއޮށްފުންމި ބަނުމުގެ ކަންކަމާ ހަވާލުވެ ހުންނެވި ކޯޑިނޭޓަރ މުހައްމަދު އަބްދުއްސަމަދު ވިދާޅުވީ މާދަމާ މެންދުރުފަހު ކަޅުއޮށްފުންމި ކުޅުދުއްފުއްޓަށް ގެންދެވޭނެ ކަމަށާއި އެއަށްފަހު ކަޅުއޮށްފުންމި އުތީމަށް ގެންދެވޭނީ މިމަހު 13 ވަނަ ދުވަހު ކަމަށެވެ.

ކުޅުދުއްފުއްޓަށް ކަޅުއޮށްފުންމި މި ގެނެވެނީ ރިޔަލުގައި ދުއްވުމުގެ ޓެސްޓްތަކެއް ހެދުމަށާއި މި ދަތުރުގައި ބައިވެރިވާ ފަޅުވެރިންނަށް ޓްރެއިނިން ދިނުމަށް ކަމަށް ސަމަދު ވިދާޅުވި އެވެ

އެއަށްފަހު ކަޅުއޮށްފުންމި މާލެ ގެންދެވޭނީ، 13 ވަނަ ދުވަހު އުތީމުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ގައުމީ ދުވަހަށް އެރަށުގައި މަޑުކުރުމަށްފަހު ކަމަށްވެސް ސަމަދު ވިދާޅުވި އެވެ

ހދ ނޭކުރަންދޫގައި ބަން ކަޅުއޮށްފުންމި މޫދަށް ބާލައިފަ–ފޮޓޯ: ނޭކުރަންދޫ ކައުންސިލް

ކަޅުއޮށްފުއްމި އަކީ، 17 އަހަރު ރާއްޖެ ހިފައި ވެރިކަން ހިންގި ޕޯޗުގީޒުންގެ އަތުން މިނިވަންކަން ހޯއްދަވައިދެއްވުމަށް އުތީމު ތިންބެއިން ކުރެއްވި ޖިހާދުގައި ބޭނުންކުރެއްވި އޮޑިއެވެ. މިނިވަން ފަންސާހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިހާރު ބަނދެފައިވާ “ކަޅުއޮށްފުންމި” އަކީ އުތީމު ތިންބެއިން ބޭނުންކުރެއްވި ކަޅުއޮށްފުންމި އަސްލަކަށް ބަލައިގެން ބަނދެފައިވާ އޮޑިއެކެވެ.

54 ފޫޓު ދިގު މި ބައްތެލި މާލެ ގެންދިއުމަށްފަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ގައުމީ ދާރުލްއާސާރުގެ ބޭރު ގޯތި ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355