twitterviber whatsapp telegramfacebookyoutube instagram
18th May 2025

އެއާޕޯޓް އެޅުމަށްޓަކައި ކުޅުދުއްފުށީ ކުޅިން ވެލީގެ ސާމްޕަލް ނަގައިފި

Dec 9, 2015

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިމުގެ ތަހުލީލުކުރުމަށްޓަކައި، ކުޅުދުއްފުށީ އުތުރުފަރާތު ކުޅީގެ ބިމުން ސާމްޕަލް ނަގައިފި އެވެ.

“ކުޅުދުއްފުށި އޮންލައިނުން” ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލް މެމްބަރު އިބްރާހިމް އައްބާސް ވިދާޅުވީ ކުޅުދުއްފުށީގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ބޭނުންވާ ބިމުގެ ތަހުލީލުކުރުމަށް ކުޅިން ވެލި ނަގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުޅީގެ ޗަކަގަނޑުގައި ހުންނަނީ 1 މީޓަރާއި 1.7 މީޓަރުގެ ފުން މިންކަމަށާއި ޗަކަގަނޑުގެ އަޑީގައި ހުންނަނީ ރީތި ދޮންވެލި ކަމަށެވެ.

“ޗަކަގަނޑުގައި ފުންމިނުގައި މިހުރީ 1 މީޓަރާއި 1.7 މީޓަރާ ދެމެދު. އެގޭ އަޑީގައި މިހުރީ ރީތި ދޮންވެލިގަނޑު” އިބްރާހިމް އައްބާސް ވިދާޅުވި އެވެ.

ސަރުކާރުގެ އެންގުމަށް މި މަސައްކަތް އަމަލީ ގޮތުން ކުރައްވާފައިވަނީ ކައުންސިލު އިދާރާގެ މުވައްޒަފުންނެވެ.

އިބްރާހިމް އައްބާސް ވިދާޅުވީ އެތަނުގެ އަޑިން ނެގި މެޓީރިއަލްސް ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރަށުގެ އިތުމަތި ފަރާތް އެއާޕޯޓް އެޅުމަށް ސާވޭ ކޮށްފައިވީ ނަމަވެސް އެތަނުން އެކަށީގެންވާ ޖާގަ ނުލިބުމާއި ގިނަ ގެތަކެއް ނަގަން ޖެހޭތީ ސަރުކާރުގެ ވިސްނުން ހުރީ ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355