twitterviber whatsapp telegramfacebookyoutube instagram
15th February 2026

ނޭކުރަންދޫގައި ސަރުކާރުން ބަކަރި ކޮއްޓެއް ގާއިމުކޮށްދެނީ

Dec 10, 2015

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހިންގާ ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުމުގެ ޕްރޮގްރާމްގެ ދަށުން ހދ.ނޭކުރެންދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ބަކަރިކޮށި އަންނަ ޖެނުއަރީމަހު ތެރޭ ނިންމާލެވޭނެ ކަމަށް ނޭކުރަންދޫ ކައުންސިލުން ބުނެފި އެވެ.

ސަރުކާރުގެ ހަރަދުގައި ގާއިމްކުރާ މި ބަކަރި ކޮށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ މިހާރު އިއުލާން ކޮށްފަ އެވެ.

ނޭކުރަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިޒާން މިއަދު ވިދާޅުވީ ބަކަރި ކޮށި ވީހާވެސް އަވަހަކަށް ގާއިމްކޮށް ނިންމުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ބަކަށި ކޮށި ގާއިމްކުރުމަށް ފުރަތަމަ ހުޅުވާލުމުން އަގުތައް ބޮޑުވެ، 2 ވަނަ ފަހަރަށް އިއުލާންކޮށްފައިވާ ކަމަށާއި މާދަމާ އަގު ހުށަހެޅުން އޮންނާނެ ކަމަށެވެ.

“ސަރުކާރުން ހަދައިދޭ ބަކަރިކޮއްޓެއް އެއީ. ފެށުމުގެ ހުރިހާ ހަރަދެއްވެސް ކުރަނީ ސަރުކާރުން. ދެން ކައުންސިލަށް ނަފާ ލިބޭގޮތަށް ކައުންސިލުން ހިންގާ ގޮތަށް ހަމަޖެހިފަވަނީ.” ޝިޒާން ވިދާޅުވި އެވެ.

ޝިޒާން ވިދާޅުވީ ކޮށި ހެދުމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ނޭކުރަންދޫއަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބަކަރި ސަޕްލައިވެސް މިހާރު ލިބިފައިވާ ކަމަށެވެ. ސަރުކާރުން ހަރަދުކޮށްގެން ފަށާ މިމަސައްކަތްގެ ދަށުން ނޭކުރަންދޫއަށް ދިނުމަށް ހަމަޖެހިފައިވަނީ 10 ބަކައްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355