twitterviber whatsapp telegramfacebookyoutube instagram
18th May 2025

ބީއެމްއެލް އިން ކްރެޑިޓް ކާޑުން އިންސްޓޯލްމަންޓަށް ތަކެތި ނެގޭ ހިދުމަތް ދޭން ފަށައިފި

Dec 10, 2015

ބޭންކް އޮފް މޯލްޑިވްސް އިން “ބީއެމްއެލް އީޒީ ޕޭ” ގެ ނަމުގައި ކްރެޑިޓަށް ތަކެތި ނެގޭ ހިދުމަތް ފަށައިފި އެވެ.

މި ހިދުމަތުގެ ދަށުން އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑް މެދުވެރިކޮށް ބޭނުން މުއްދަތަކަށް މުދާާ އިންސްޓޯލްމަންޓަށް ނެގޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ނަމަވެސް މި ހިދުމަތް އަދި ލިބިލައްވާނީ މާލޭގައި ހުންނަ 4 ފިހާރަޔަކުން އެކަނި ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެއީ އީވޯ ހޯމް އިންނާއި ސޮނީ ސްޕޯޓްސް އާއި ލެ ކިއުޓް ލައިފް ސްޓައިލް އަދި އިންޑެކްސް ފާނީޗަރުންނެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު ވިދާޅުވީ ކްރެޑިޓް ކާރޑް މެދުވެރިކޮށް މާލޭގެ މި ހަތަރު ފިހާރައިން އިންސްޓޯލްމެންޓަށް ތަކެތި ނެގޭނެ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ އިންސްޓޯލްމެންޓަށް ނަގާ ތަކެތީގެ ފައިސާ ދެއްކުމުގެ މުއްދަތު ތިން މަހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި އެތަކެއްޗަށް ފައިސާ ދެއްކުމަށް ބިލްކުރާނީ ކަސްޓަމަރުގެ ކްރެޑިޓް ކާޑަށް ކަމަށެވެ.

އިންސްޓޯލްމެންޓަށް ނަގާ އައިޓަމްތަކަށް ފައިސާ ދައްކާއިރު އަހަރެއްގެ މައްޗަށް ފަސް ޕަސެންޓް އިންޓްރެސްޓްގެ ގޮތުގައި ނަގާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން މި ހިދުމަތް ބޭނުން ކުރެވޭނީ އެކްސްޕްރެސް ކާޑަށް ގަވައިދުން ފައިސާ ދައްކަވާ ފަރާތްތަކަށް އެކަނި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355