ހދ އަތޮޅު ކައުންސިލްގެ ބެލުުމުގެ ދަށުގައިވާ 3 ފަޅުރަށެއް ބަލަަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު އަތޮޅު ކައުންސިލުން ނެރެފައިވާ މި އިއުލާނުގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވަނީ ކަނަމަނަ، ފެންބޯހުރާ އަދި މުއިރީ އެވެ.
މި އިއުލާނުގައި ވާގޮތުން މި 3 ރަށް އަގު ހުށައެޅުމުގެ އެންމެ ދަށް އަގަގީ 2000 ރުފިޔާ އެވެ. އަދި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޑިސެމްބަރ ވާ ހޯމަ ދުވަހު ހެނދުނު 10:30 އަށް އެ ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޑިސެމްބަރ ވާ ހޯމަ ދުވަހު ހެނދުނު10:30 އަށް އެ އިދާރާއަށް އަގު ހުށައެޅުއްވުމަށެެވެ.
ކައުންސިލުން އިއުލާްން ކޮށްފައިވާ 3 ރަށުގެ ތެރެއިން ކަނަމަނަ އަކީ މީގެ ކުރިންވެސް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާ ރަށެކެވެ.