twitterviber whatsapp telegramfacebookyoutube instagram
18th May 2025

ބޮޑުތަކުރުފާނުގެ ޖިހާދުން މިއަދުގެ ޒުވާނުން އިބްރަތް ހާސިލުކުރަންޖެހޭ: ރައީސް ޔާމީން

Dec 12, 2015

ބޮޑުތަކުރުފާނާއި އެ ތަކުރުފާނާއެކު އެ މަތިވެރި ޖިހާދުގައި ބައިވެރިވެޑައިގެންނެވި އަބްޠާލުން ދެއްކެވި ފުރިހަމަ ކެރިވަޑައިގަތުމާއި ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ނަމޫނާއިން މިއަދުގެ ޒުވާން ޖީލު އިބުރަތް ހާސިލުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމުހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގެ މެސެޖުގައެވެ.

ރައީސްގެ ހިޠާބުގައި، ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި ޖިހާދަކީ، ބިރުވެރިކަމާއި މުސީބާތާއި ދަތި އުނދަގޫތަކުގެ ކުރިމަތީގައިވެސް، ނުގުޑާފަދަ ޢަޒުމަކާއި ހިތްވަރެއް ކުރިއަށް ނެރެފިނަމަ، އަޅުވެތިކަން މިނިވަންކަމަށް ބަދަލުކުރެވޭނެކަން ސާބިތުކޮށްދެއްވި ޖިހާދެއް ކަމަށް ވިދާޅުވި އެވެ. އަދި ދީނާއި ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އަޒުމު އާކުރެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް، ރައީސުލްޖުމުހޫރިއްޔާ އިލްތިމާސްކުރައްވާފައި ވެއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުން އަންނަ 72 ވަނަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނީ ބޮޑުތަކުރުފާނު އެ ރަށަކަށް ނިސްބަތްވާ ހއ. އުތީމުގައެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި، މިއަދު ހެނދުނު ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ހދ އަތޮޅު ކައުންސިލު އިދާރާގައި ވަނީ ބާއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355