twitterviber whatsapp telegramfacebookyoutube instagram
13th August 2026

ކަޅުއޮށްފުންމީގެ ހަނދާނީ ބިނާ ރައީސް އިފްތިތާހުކޮށްދެއްވައިފި

Dec 13, 2015

ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހއ އުތީމުގައި ބިނާ ކުރި ކަޅުއޮށްފުންމީގެ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އިފްތިތާހުކޮށްދެއްވައިފި އެވެ.

އުތީމު ބަނދަރު ސަރަހައްދުގައި ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ހަދާފައިވާ ކަޅުއޮށްފުންމީގެ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، މިއަދު ހެނދުނު އުތީމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

 

މި ބިނާއަކީ ހަދާފައިވަނީ ކޮންކްރީޓް ސިމެންތިންނެވެ. އެހެންނަމަވެސް ހުންގާނާއި ކުނބު ހަދާފައިވަނީ ލަކުޑިންނެވެ. ބިނާ ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރ މަހު 25 ގައި ސިފައިންގޭގައި ތިބި، ކަމަށްޤާބިލު ފަންނުވެރި ސިފައިނެވެ.

މިބިނާއަކީ ކަޅުއޮށްފުންމި އަސްލަކަށް ބަލައިގެން ހެދި މި ބިނާގެ ދިނުމިނުގައި 36 ފޫޓް ހުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355