twitterviber whatsapp telegramfacebookyoutube instagram
1st June 2026

އެވިޑް ކޮލެޖުން ޖެނުއަރީ ގައި ފަށާ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ހިންގަނީ

Dec 15, 2015

އަންނަ އަހަރު ޖެނުއަރީގައި އެވިޑް ކޮލެޖުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް އެބަ ގެންދަމުން ދާކަމަށް އެކޮލެޖުން ބުނެފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ސެޝަންތަށް ހިންގުމުގައި އިސްކޮށްއުޅޭ ފަރާތެއް ކަމަށްވާ ސަމާ ބުނީ އެކަށީގެންވާ ތަރުހީބު ލިބިއްޖެނަމަ ކުުޅުުދުއްފުށީގައި ކޯސްތައް ފަށާގޮތަށް ވަނީ ހަމަޖެހިފައި ކަމަށާއި އެގޮތުން މިރޭ 8:30 ން 9:30 އަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއާށް ދާނެ ކަމަށެވެ.

ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ބިޒްނަސް ކޯސްތަކާއި ޓީޗިން އަދި ކައުންސިލިންގެ ކޯސްތަށް ހިމެނޭކަމަށް ސަމާ ބުންޏެވެ

މައުލޫމާތު ދިނުމުގެ ސެޝަނެއް ރޭ ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ރޭގައި ކުރިއަށް ގެންދިޔަ ސެޝަންގައި ކުޅުދުއްފުށީ އޮފީސްތަކުގެ ބޭފުޅުން ބައިވެރިވެފައިވާ ކަމަށާއި އެބޭފުޅުންގެ ފަރާތުން ތަރުހީބު ލިބިފައިވާ ކަމަށް ސަމާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355