twitterviber whatsapp telegramfacebookyoutube instagram
15th February 2026

އެންމެ ފަހުގެ އައިފެޑް ޕްރޯ ދިރާގުން ވިއްކަން ފަށައިފި

Dec 16, 2015

އެޕަލްގެ އެންމެ ފަހުގެ އައިފެޓް ސީރީސް ކަމުގައިވާ އައިޕެޑް ޕްރޯ ދިރާގުން ވިއްކަން ފަށައިފި އެވެ.

އެގޮތުން އަންގާރ ދުވަހުން ފެށިގެން ސްޓޮކް ހުސްވަންދެން ދިރާގުން އައިޕެޑް ޕްރޯ ވިއްކަން ހުންނަނާނެ ކަމަށާއި 128 ޖީބީގެ އެންމެ ފަހުގެ މި އައިޕެޑް ޕްރޯގެ އަގަގީ 18،499 ރުފިޔާކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން ބުނީ އައިޕެޑްގެ ޕްރޯ އެކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

އައިޕެޑް ޕޮރޯޔަކީ އެޕަލް ކުންފުނިން މިހާތަނަށް ނެރުނު އެންމެ ބޮޑު ޓެބްލެޓެވެ. މި އައިޕެޑްގެ ސްކްރީނުގައި 12.9 އިންޗި އަދި 5.6 މިލިއަން ޕިކްސެލްސް ހުރެއެވެ. އަދި 64 ބިޓް އޭ9އެކްސް ޗިޕް އެކުލެވޭ މި ޓެބްލެޓް ކުރީގެ މޮޑެލްތަކަށްވުރެ 1.8 ގުނަ ޕަފޯމަންސް މަތި ވާނެ ކަމަށް އެޕަލް ކުންފުނިން ބުނެއެވެ.

ދިރާގުން މިއަދު އައިޕެޑް ޕްރޯ ވިއްކަން ފަށާފައި ވާއިރު އުރީދޫއިންވެސް އަންނަނީ މި ޓެބްލެޓް ވިއްކަމުންނެވެ. އުރީދޫއިން 128 ޖީބީގެ އައިޕެޑް ޕްރޯ ލިބެންހުރީ 19103 ރުފިޔާ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355