twitterviber whatsapp telegramfacebookyoutube instagram
13th August 2026

14 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ޕެޓްރޯލް ހުސްވެގެން ހުއްޓިއްޖެ

Dec 15, 2015

14 މީހުންނާއެކު ހއ އުތީމުން ފުރައިގެން ހދ ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ޕެޓްރޯލް ހުސްވެގެން ހުއްޓިއްޖެ އެވެ.

މިއަދު ހަވީރު 16:00 ހާއިރު ހުއްޓުނު މި ލޯންޗަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާއިން މިވަގުތު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕެޓްރޯލް ހުސްވެގެން ލޯންޗް ހުއްޓުނުއިރު އެ ލޯންޗުގައި 5 ކުޑަކުދިންނާއި 4 އަންހެނުން އަދި 5 ފިރިހެނުން ތިބިއެވެ.

މިކަމާބެހޭގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް ގުޅާލުމުން އެމްއެންޑީއެފްގެ ފަރާތުން އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355