ކުޅުދުއްފުށީގައި އިމާރާތް ކުރާ ރޯހައުސްގެ ތެރެއިން ކުޅުދުއްފުށީ މީހުންނަށް ހާއްސަ ކުރެވިފައިވާ 100 ރޯހައުސްއަށް ކުރިމަތިލި ފަރާތަކުގެ ތެރެއިން 30 ޕޮއިންޓް ހަމަ ނުވެ އެއަށްވުރެން ދަށުން މާކްސް ލިބިގެން ގުރުއަތަށް ދިޔަ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިފިއެވެ.
ރޭ އޭއީސީ ހޯލުގައި ކުރިޔަށްދިޔަ މި ގުރުއަތު ލުމުގައި 22 ފަރާތަކަށް ވަނީ ރޯހައުސް ލިބިފައިއެވެ.
ގުރައުތުން ދިމާވެ ރޯހައުސް ލިބުނު 22 ފަރާތް:
• އަމްޖަދު މުހައްމަދު/ މެޑޯޒް
• އައިޝަތު އަލީ/ ޖަނަވަރީގެ
• އާމިނަތު ޒިޔާދާ/ ނިޔާމަ
• އަޙްމަދު މުހައްމަދު/ ކޮންކޯޑް
• އާމިނަތު މޫސާ/ ތަލްފޯނުގެ
• އަރަފާތު އަލީ/ ގްރީންވިލާ
• ސަމީހާ އަލީ/ ލެެޒްމާ
• ލަބީބު މޫސާ/ ދިއްގިރި
• ސިދުނާ އަބޫބަކުރު/ ކާޕެންޓްރީ
• އަހްމަދު އަޒުލީމު ޒަކަރިއްޔާ/ މުސްތަރީގެ
• ސުލައިމާން މުހައްމަދު/ ޒުރިޔާނުމާގެ
• އިބްރާހިމް މުހައްމަދު/ ކަޑޫދޫގެ
• އަސްލަމް މުހައްމަދު/ ޒަމާނީގެ
• އަބްދުﷲ ހަމީދު އަލީ/ ދޫރެސް
• ރަހްމާ އަހުމަދު/ ޔެލޯސީ
• މުހައްމަދު ހަސަން/ އަލަމާގެ
• ހަސަން އައްބާސް/ ޕެނަމާ
• ހަސަން އަލީ/ ކަސްތޫރިގެ
• ފަތުހުﷲ އަލީ/ ހިޔާވަހި
• ބަދޫރާ އަލީ/ ކެކްޓަސް
• އާއިޝަތު މޫސާ/ ހަލަވެލިމާގެ
• ހަދީޖާ އިބްރާހިމް/ އަލްމާސް
ރޯހައުސްއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 30 ޕޮއިންޓް ހަމަ ނުވެ އެއްއަށް ވުރެ ދަށުން މާކުސް ލިބިގެން ގުރުއަތައް 234 ފަރާތެއް ދިޔަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 25 ޕޮއިންޓް ލިބިގެން ގުރުއަތަށް ދިޔަ 71 ފަރާތަކާއި 20 ޕޮއިންޓް ލިބިގެން ގުރުއަތަށް ދިޔަ 163 ފަރާތްތެކެވެ.
އަދި އޭގެ އިތުރުން ރޯހައުސްއަށް ކުރިމަތިލި ފަރާތަކުގެ ތެރެއިން ގުރުއަތަކާ ނުލައި 30 ޕޮއިންޓަށް ވުރެ މަތި ލިބިގެން 78 ފަރާތަކަށް ވަނީ ރޯހައުސް ލިބިފައި އެވެ.