twitterviber whatsapp telegramfacebookyoutube instagram
12th April 2026

ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

Dec 20, 2015

ހދ އަތޮޅުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް 3 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްގީއަށް ކުރިމަގު ބައްޓަން ކުރާނެ ގޮތާއި، ލީޑަރޝިޕް ސިފަތަކާއި، އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތް ކުރާނެގޮތުގެ މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން 2016 ވަނަ އަހަރު އަތޮޅު ކައުންސިލުން ކުރިއަށް ގެންދާނެ ހަރަކާތްތަކާބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެ އެވެ.

“ދެމެހެއްޓެނިވި ތަރައްގީއަށް ރޭވުން” ނަމުގައި ބޭއްވި މި މަސައްކަތު ބައްދަލުވުން ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ހދ. ރީޖަނަލް މެނޭޖަރ އަލްފާސިލް އާދަމް މުހައްމަދު ވިދާޅުވީ ރަށް ތަރައްޤީ ކުރުމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން ހާޞިލުކުރަން، ކައުންސިލްތަކުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަދި އާދަމް މުހައްމަދުގެ ވާހަކަައިގައި ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ބައްދަލުވުމުން ލިބުނު މައުލޫމާތުގެ އަލީގައި، ރައްޔިތުންނާ ވީހާވެސް ބޮޑަށް ގުޅިގެން، މަސައްކަތް ކުރެއްވުމަށް ކައުންސިލަރުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.

މިބައްދަލުވުމުގައި އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ ރައީސުންނާއި، ޒިންމާދާރުވެރިންނާއި، އިތުރު މެމްބަރުންނާއެކު ޖުމަލް 32 ބޭފުޅަކު ބައިވެރިވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355