twitterviber whatsapp telegramfacebookyoutube instagram
12th September 2025

އިހަވަންދޫގައި ރައްކާތެރި ބޯފެނުގެ ނިޒާމު ގާއިމްކޮށްފި

Dec 20, 2015

ހއ އިހަވަންދޫގައި ރައްކާތެރި ބޯފެނުގެ ނިޒާމު ގާއިމްކޮށްފިއެވެ.

އިހަވަންދޫގައި ފެނުގެ ނިޒާމް ގާއިމްކޮށްފައިވަނީ ޔޫ.އެން.އެފް.ސީ.ސީ.ސީ އެޑެޕްޓޭޝަން ފަންޑުގެ އެހީގައެވެ. 2.1 މިލިއަން ޑޮލަރުގެ މި ނިޒާމަކީ ލޮނު ފެނުން އުފައްދާ މީރު ފެނާއެކު، ވާރޭ ފެންވެސް އެކުލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ނިޒާމެކެވެ.

އިއްޔެ ހަވީރު އިހަވަންދޫގައި ގާއިމްކުރެވުނު ފެނުގެ ނިޒާމް އިފްތިތާހް ކޮށްދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިގު އިބްރާހިމް ވިދާޅުވީ މިފަދަ އަގުބޮޑު ނިޒާމްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރެވޭނީ ރަގަޅަށް ބެލެހެއްޓިގެން ކަމަށެވެ.

މީގެ އިތުރުން އިހަވަންދޫގެ ނަރުދަމާ ޑިޒައިން ކުރެވި، އަމަލީ މަސައްކަތް ޖެނުއަރީ މަހު ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަގު އާސިފް ވިދާޅުވީ ފެނުގެ ނިޒާމަށްފަހު ރަށުގެ ރައްޔިތުން ތިބީ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ވީހަވެސް އަަވަހަކަށް ފެށިގެންދާނެކަމުގެ އުންމީދުގައި ކަމަށެވެ.

އިހަވަންދޫގައި ގާއިމްކުރެވުނު ލޮނު ފެނުން އުފައްދާ މީރު ފެނާއެކު، ވާރޭ ފެންވެސް އެކުލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ނިޒާމަކީ ރާއްޖޭއަށް މުޅިން އާ ކޮންސެޕްޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355