މިސް ޔުނިވާސްގެ ތާޖު މިސް ފިލިޕީންސްގެ ބަދަލުގައި މިސް ކޮލަމްބިއާއަށް ދެވިއްޖެ އެވެ.
މިސް ޔުނިވާސް ޕޭޖެންޓްގެ އެންމެންވެސް އިންތިޒާރު ކުރަމުން އައި ވަގުތު ނޭވާ ހިފަހައްޓާލައިގެން ތިބީ މިފަހަރުގެ މިސް ޔުނިވާސްއަކަށް ހޮވޭނީ ފައިނަލްއަށް ދަތުރުކުރި ޕިލިޕީންސް ނޫނީ ކޮލަމްބިއާ ތޯ ބެލުމަށެވެ.
ޝޯ ގެ ހޯސްޓް ސްޓީވް ހާވޭ މިފަހަރުގެ މިސް ޔުނިވާސްއަކަށް ކޮލަމްބިއާގެ އެޑްރިއާނާ ގުތިއެރެޒް އަށް ވަރަށް އަދަބުވެރިކަމާއެކު ގޮވިއެވެ. އަދި އެޑްރިއަނާއަށް ކްރައުން ވަގުތުން ހަވާލުކުރެވި އޯޑިއަންސް އެޑްރިއަނާއަށް ތަރުހީބު ދެމުންދަނިކޮށް އެންމެނަށްވެސް ހައިރާންކަމެއް ލިބިގެން ދިޔައީ އިރުކޮޅަކުން ސްޓީވް މާފަށް އެދުމަށްފަހު ކުރި އެނައުންސްމަންޓަކުންނެވެ.
“އަހަރެން އެބަ ޖެހޭ މާފަށް އެދެން. ފަސްޓްް ރަނަރަޕް އަކީ ކޮލަމްބިއާ” މިފަދައިން ސްޓީވް ހާވޭ ހާމަކުރިއެވެ. އާއެކެވެ. މިފަހަރުގެ މިސް ޔުނިވާސް ޕޭޖެންޓްގައި ކަންތަށް މިދިމާވީ ވަރަށްވެސް “އޮކްވާރޑް” ގޮތަކަށޭ ބުންޏަކަށް ދޮގަކަށް ނުވާނެއެވެ.
މިފަހަރުގެ މިސް ޔުނިވާސް ޕޭޖެންޓުގެ ވިނާރ އަކަށް ހައްގުވެރިވާ މިސް ފިލިޕީންސްގެ ނަން ސްޓީވް އަތުގައިވާ ކާޑުގައި ސާފުކޮށްވާކަން އޭނާ ދައްކާލައި އަސްލު ވިނަރ އަކީ މިސް ފިލިޕީންސްގެ ޕިއާ އަލޮންޒޯ ކަމަށް ހާމަކުރިއެވެ.
ހޯސްޓް ސްޓީވް ހާވޭ އަށް މި ޖެހުނު ކުށަށް އޭނަ ވަނީ އެންމެންގެ އަރިހުން މާފަށް އެދިފައެވެ. އަދި މިސްޔުނިވާސް 2015 ހައްގުވެރިވާ ޕިއާއަށް ކްރައުން އެޑްރިއަނާގެ ބޮލުން ނަގާ ހަވާލުކުރެވިގެން ދިޔައެވެ.
https://youtu.be/Z9aRmmWX5XI
ޝޯގައި ކަންތައްތައް މިފަދައިން ހިނގައިގެން ދިޔުމުން ޕިއާ އަލޮންޒޯ ބުނީ މިސް ކޮލަމްބިއާގެ ބޮލުން އޭނާ ތާޖު އަތުލީ ނޫން ކަމަށާއި އެކަމަކު މިސް ކޮލަމްބިއާ އަށް އޭނާގެ ހުރިހާ ހެޔޮ އެދުމެއް ފޮނުވާ ކަމަށެވެ.
މިސް ޔުނިވާސް ޕެޖެންޓުގެ ދެވަނަ ރަނަރަޕް އަކަށް ހޮވިފައިވަނީ މިސް ޔޫއެސް އޭ، އޮލީވިއާ ޖޯޑަން އެވެ. މިފަހަރުގެ ޕޭޖެންޓުގައި ޖުމްލަ 80 ގައުމަކުން މިސް ޔުނިވާސްގެ ކްރައުންއަށް ވާދަކޮށްފައިވެއެވެ.