twitterviber whatsapp telegramfacebookyoutube instagram
23rd August 2025

ކުޅުދުއްފުށީ ކައުންސިލުގެ ގުރުއާން މުބާރާތް އަންނަ އަހަރު ބާއްވާނެ ދުވަސް ކަނޑައަޅައިފި

Dec 21, 2015

ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ ގުރުއާން މުބާރާތް އަންނަ އަހަރު ބާއްވާނެ ތާރީހު އެ ކައުންސިލުން އިއުލާނުކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އަންނަ އަހަރު މި މުބާރާތް ބާއްވާނީ، ފެބްރުއަރީ މަހުގެ 26 އަދި 27 މި ދެ ދުވަހު ކަމަށެވެ.

މި މުބާރާތުގައި ކުޅުދުއްފުށީގައި ހުރި ސްކޫލުތަކާއި ރަޖިސްޓްރީކޮށްގެން ހިންގާ ގްރުއާން ކްލާސްތަކުން ދަރިވަރުން ބައިވެރި ކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ކައުންސިލުން މި އަހަރު ބޭއްވި މުބާރާތުގައި އެއްވަނަ ހޯދާފައިވަނީ ޖަލާލުއްދީން ސްކޫލްގެ ސަމްހާ އަލީ ރިޒާ އެވެ.

މި އަހަރު ބޭއްވި މުބާރާތުގައި 62 ދަރިވަރުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355