twitterviber whatsapp telegramfacebookyoutube instagram
13th July 2025

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

Dec 22, 2015

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަަށް ލިބުނު މައުލޫމާތަކައި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 19 ޑިސެންބަރ ވަނަ ދުވަހުގެ ރޭ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ދިރުއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާއިރު އިރު އެގޭގެ ކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 50 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 15 ރަބަރު ޕެކެޓުގެ އިތުރުން އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި 1އެމްއެލް ސިރިންޖަކާއި 21 ހުސް ސިރިންޖާއި އަދި ގިނައަދަދެއްގެ ފައިސާ ފެނިފައިވެއެވެ.

މި މީހާގެ ބަނދާއި މެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަަލަ ތަހްގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މާރާމާރީއާއި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރާ ކަމުގެ ކުށުގެ ރެކޯޑްސް އޮންނަމީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހްގީގް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355