twitterviber whatsapp telegramfacebookyoutube instagram
13th August 2026

ރަށުން ބޭރު ފަރާތްތަކަށް ދޫކުރާ ރޯ ހައުސްގެ ގުރުއަތު ފަސްކޮށްފައިވަނީ ސަރުކާރުން އެންގުމުން

Dec 22, 2015

ކުޅުދުއްފުށީގައި އިމާރަތްކޮށްފައިވާ ރޯހައުސްތަކުގެ ތެރެއިން ރަށުން ބޭރު ފަރާތްތަކަށް ހާއްސަކޮށްފައިވާ 60 ރޯހައުސް ލިބޭފަރާތްތަކުގެ މެދުގައި ގުރުއަތުލުން މަޑުޖައްސާލާފައިވަނީ ސަރުކާރުން އެންގުމުން ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

މިނޫހަށް މައުލޫމާތު ދެެއްވަމުން ކައުންސިލް މެންބަރު އަލީ ހާޝިމް ވިދާޅުވީ ރޯހައުސް ލިބޭ ފަރާތްތަކުގެ ލިސްޓް ނެރުނުފަހުން ސަރުކާރުން ވަނީ ރަށުން ބޭރު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ރޯހައުސްގެ ގުރުއަތުލުން މަޑުޖައްސާލުމަށްފަހު ކުޅުދުއްފުށީގެ ފަރާތްތަކަށް ދޫކުރާ ރޯހައުސްތަކުގެ ގުރުއަތުލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިފަ ކަަމަށެވެ.

އެ ގުރުއަތުލުން ވަނީ މި ޑިސެމްބަރ މަހު 16 ވަނަ ދުވަހު ބާއްވާފަ އެވެ.

ހާޝިމް ވިދާޅުވީ ރަށުންބޭރު ފަރާތްތަކުގެ ގުރުއަތުލުން ބާއްވާނެ ތާރީހެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ.

ޖުމްލަ 160 ރޯހައުސް ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާއިރު އޭގެ ތެރެއިން 100 ރޯހައުސް ހާއްސަކޮށްފައިވަނީ ކުޅުުދުއްފުށީ ރައްޔިތުންނަށެވެ. އަދި ބާކީ 60 ރޯހައުސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުއްޓަށް ހިޖްރަކުރަން ބޭނުންވާ އެހެން ރަށްރަށުގެ ރައްޔިތުންނަށެވެ. މި ރޯހައުސްތަކަށް އެދި ރަށުން ބޭރުން 157 ފަރާތެއް ވަނީ ފޯމް ހުށަހަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355