twitterviber whatsapp telegramfacebookyoutube instagram
15th February 2026

ރަށު ކައުންސިލްތަކަށް ގްރާންޓް ދިނުމަށް ނިންމައިފި

Dec 26, 2015

ހދ އަތޮޅު ކައުންސިލުން އަންނަ އަހަރުން ފެށިގެން ހދ އަތޮޅުގެ ރަށުކައުންސިލްތަކަށް ގްރާންޓް ދިނުމަސް ނިންމައިިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކައުންސިލްގެ 2 ވަނަ ދައުރުގެ 90 ވަނަ ޖަލްސާގައި ގްރާންޓް ދިނުމަށް ނިންމާފައިވަނީ ކުދި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެސްވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދީ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

އެގޮތުން ކުދި ޕްރޮޖެކްޓްތައް ހިންގުމަށް ކައުންސިލްތަކަށް -/325000 ރުފިޔާގެ ގްރާންޓް ދިނުމަށް ވަނީ އެޖަލްސާގައި ފާސްކޮށްފައެވެ

މީގެ ކުރިންވެސް އަތޮޅު ކައުންސިލުން އަތޮޅުގެ ސްކޫލްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ ސިއްހީ މަރުކަޒު ތަކާއި ރީޖަނަލް ހޮސްޕިޓަލަށް ތަކެތީގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ. މި ޖަލްސާގައި ގްރާންޓްގެ ގޮތުގައި ދިނުމަށް އެއަދަދު ކަނޑައަޅާފައިވަނީ އެކައުންސިލްގެ އާމްދަނީއަށް ރިއާޔަތްކޮށް އެކައުންސިލްގެ އިގްތިސާދީ ކޮމެޓީއިން ދީފައިވާ ލަފަޔާއެކުގަވެ.

އޭގެ އިތުރުން އެކައުންސިލްގެ އާމްދަނީ އިތުރުކުރެވޭ މިންވަރަކަށް ބަލައި އެއަދަދު އަހަރުން އަހަރަށް އިތުރުކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355