twitterviber whatsapp telegramfacebookyoutube instagram
18th May 2025

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

Jan 2, 2016

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ޑިސެންބަރ 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާ ތަކެތި ޗެކް ކުރި އިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ޕޮލިހަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެމީހާ ހޯދަމުން ދަނިކޮށެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި ރަށުތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމުން އެމީހާ ވަނީ ފިލަން މަސައްކަތް ކޮށްފކަމަށާއި އަދި އެމީހާގާތު މަޑުކުރަން އެދުމުން އެމީހާ ވަނީ އޭނާގެ ވާތުގައި އޮތް އެއްޗެއް ބިންމައްޗަށް ވައްޓާލާފައެވެ. އެމީހާ ވައްޓާލިއެތި އެމީހާގެ ހާޒިރުގައި ބަލައި ފާސްކުރިއިރު ކެމަލް ހާޑް ސިގިރޭޓް ފޮށްޓެއްގެ ތެރޭގައި މަސްތުވާތަކެތިކަމަށް ސައްކު ކުރެވޭ ރަބަރު ޕެކެޓެއް އޮތެވެ

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރޯ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙްޤީޤުކުރަން 07 ދުވަހުގެ ބަންދުގެ މުއްދަތު ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355